Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 20 ޖުލައި 2026 19:54
ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް/ ފޮޓޯ: ޚުލާސާ
ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް/ ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރި.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާތީ، އެ ސަރަހައްދުގެ ބައެއް ބައިތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އަޕްގްރޭޑިންގް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރި އެވެ.

Advertisement

Advertisement 1

"މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މިކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެން. އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސްޓެލްކޯއިން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މާލެ ސަރަހައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ދާދިފަހުން ވަނީ ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

މި މަސައްކަތްތަކަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.

ހުޅުމާލެ ފޭސް-2ސްޓެލްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

3 ދުވަސް ކުރިން - 13:32

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

3 ދުވަސް ކުރިން - 13:12

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

30 ދުވަސް ކުރިން - 11:49

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

73 ދުވަސް ކުރިން - 17:35

ހުޅުމާލެ އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

73 ދުވަސް ކުރިން - 08:51

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

76 ދުވަސް ކުރިން - 11:26