Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

އައިޝަތު ރުވާ ރިފްޢަތު
98 ދުވަސް ކުރިން - 23 މެއި 2026 15:34
ހުޅުމާލެ ފޭސް 1 އަދި 2 ގުޅޭ ސަރަހައްދު. / ފޮޓޯ: ޚުލާސާ
ހުޅުމާލެ ފޭސް 1 އަދި 2 ގުޅޭ ސަރަހައްދު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލެއިން ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން 60 އިންސައްތައަށް މިހާރު ވަނީ ކަރަންޓު ދެވިފަ. ވީއެންމެ އަވަހަކަށް ކަރަންޓު އިއާދަކުރުމަށް ބާރުސްޕީޑުގައި ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުން.

މިއަދު މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީ ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، ހުޅުމާލެއަށް މިހާރު ފުރިހަމައަށް ކަރަންޓުގެ ހިދުމަތް އިއާދަކުރެވިފައިވީ ނަމަވެސް، މާލޭގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން މާލެއިން ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން 60 އިންސައްތައަށް މިހާރު ވަނީ ކަރަންޓު ދެވިފަ އެވެ. ކަރަންޓު މެދުކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.

މިއަދު ކަރަންޓުގެ ހިދުމަތަށް ބުރޫއެރިއިރު، ރޭ މެންދަމު 3:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ސްޓެލްކޯއިން ވަނީ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ މަސައްކަތް ނިންމާލިއިރު މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާލާފައެއް ނުވެ އެވެ.

Advertisement

Advertisement 1

ރޭ ކުރިއަށްދިޔަ މި ބުރަ މަސައްކަތާ ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، ހީވާގިކަމާއެކު މަސައްކަތް ކުރި އެ ކުންފުނީގެ މުައްޒަފުންނަށާއި ވަރޓްސިލާގެ އިންޖީނިއަރުންނަށް އިހްލާތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށްފަހު ކަސްޓަމަރުންނަށް ދުރާލާ އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ނަމަވެސް، މިހާރު ދިމާވެގެން އުޅޭ ކަރަންޓު ކެނޑުމުގެ މައްސަލައަކީ މިއަދު ހެނދުނު ނިންމާލި އަޕްގްރޭޑިން މަސައްކަތާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ. ސްޓެލްކޯއިން ދަނީ މާލޭގެ ބާކީ ހުރި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ވީއެންމެ އަވަހަކަށް އިއާދަކުރުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯހުޅުމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

24 ދުވަސް ކުރިން - 11:49

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

29 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

37 ދުވަސް ކުރިން - 14:28

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

40 ދުވަސް ކުރިން - 19:54

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

42 ދުވަސް ކުރިން - 19:54