
މެކްޓޮމިނޭގެ ދެގޯލާއެކު ޓޮރިނޯ ބަލިކުރިއިރު، ލީގުގައި ބާކީ އޮތް ހަތަރު މެޗަށްފަހު ނަޕޯލީއާ އިންޓަމިލާން ޕޮއިންޓުން އެއްވަރުވެއްޖެނަމަ، ޗެމްޕިއަންކަން ނިންމުމަށް އިތުރު މެޗެއް ކުޅެން ޖެހޭނެ.
499 ދުވަސް ކުރިން - 08:48
ޔުނައިޓެޑުން ބަދަލުވި މެކްޓޮމިނޭ ރޭ ދެގޯލު ޖަހައި ސީޒަނުގައި މިހާތަނަށް 8 ގޯލް ޖަހައިފި. ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިޔަކު އަދި މިއަށްވުރެ ގިނައިން މިސީޒަނުގައި ގޯލެއް ނުޖަހާ.
512 ދުވަސް ކުރިން - 09:18
ނަޕޯލީ އެންމެ ފަހުން ކުޅުނު ފަސް މެޗުން އެއް މެޗުން ބަލިވިއިރު އަނެއް 4 މެޗުން ވީ އެއްވަރު.
556 ދުވަސް ކުރިން - 09:05
ބުރާސްފަތި ދުވަހުގެރޭ ބޮލޮގްނާ އަތުން 2-1 އިން ބަލިވެ އޭސީ މިލާނަށް މިހާރު ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމުގެ ބިރު ބޮޑުވެފަ.
558 ދުވަސް ކުރިން - 10:27
ފާބްރެގާސް ބުނީ މިހާރު ދިމާވަމުންދާ ހަމަހަމަ ނޫން ނިންމުންތައް ނިންމުމުގެ ސަބަބުން ވީއޭއާރަކީ ފުޓްބޯޅައަށް ނުރަނގަޅު އެއްޗަކަށް ވަމުންދާ ކަމަށް.
578 ދުވަސް ކުރިން - 09:19
21 އަހަރުގެ ޕެލާސިއޯ ދޫކޮށްލަނީ ލޯނު އެއްބަސްވުމެއްގަ.. މިދިޔަ އަހަރުގެ ޖުލައި މަހު އިންޓަރ އާއި ގުޅުނުފަހުން އެއްވެސް މެޗެއް ފުލްކޮށް އެނާ ކުޅެފައެއް ނުވޭ. އޭނާ ދެން ފެންނާނީ މޮންޒާއިން ކަމަށް ބެލެވޭ.
588 ދުވަސް ކުރިން - 09:46
ހަތަރުވަނަ ފަހަރަށް ތަށި ދިފާޢުކުރަން ނުކުތް އިންޓައިން 2 ލަނޑު ޖަހާފައި ވަނިކޮށް މިލާނުން 3 ގޯލު ޖަހައި ތަށި ނަގައިފި. ހުރިހާ ގޯލެއްވެސް މިލާނުން ޖެހީ ފަހުހާފުގަ.
610 ދުވަސް ކުރިން - 03:32
ސެރީއާގެ ތާވަލުގެ އެންމެ ކުރީގައި މިހާރު ނަޕޯލީ އޮތަސް، އެއް މެޗު މަދުން ކުޅެފައިވާ އެޓަލާންޓާއަށް އަދިވެސް ނަޕޯލީ ފަހަތަށް ޖައްސާލުމުގެ ފުރުސަތު އެބައޮތް.
612 ދުވަސް ކުރިން - 08:21
އޭސީ މިލާނުގެ އާ ކޯޗު ޕޯޗުގީޒްގެ ކޮންސީސާއޯ، މިލިޓާއޯއަށް ލޯއަޅާއިރު އަމާޒު ހިފާފައިވަނީ ޓްރިންކާއޯ، ރެއިނާ، އަދި އުގާޓޭ ފަދަ ޖޯޖް މެންޑޭސްގެ ކްލައިންޓުންނަށް ކަމަށް ރިޕޯޓުތައް ބުނޭ.
615 ދުވަސް ކުރިން - 13:52
24 މެޗުން ތުރަމް 18 ގޯލް ޖެހިއިރު، ވްލަހޮވިވް އަށް ޖެހުނީ 33 މެޗުން 17 ގޯލް. ދިބާލާ އަށް ޖެހުނީ 31 މެޗުން 14 ގޯލް. ލޫކްމަން ޖެހީ 13 ގޯލް.
615 ދުވަސް ކުރިން - 10:30
ފޮންސެކާ ބޭރުކޮށްލުމަށްފަހު، ޕޯޓޯގެ ކުރީގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ މިލާނުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރޭ.
618 ދުވަސް ކުރިން - 07:13
މޮންޒާއިން އަލެސަންދްރޯ ނެސްޓާ ވަކިކޮށްފައި މިވަނީ ހަ މަސްތެރޭ. ނެސްޓާއަކީ 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީގެ ކުރީގެ ޑިފެންޑަރު.
624 ދުވަސް ކުރިން - 17:43
އޭއެސް ރޯމާގެ ޑިބާލާއަށް މެންޗެސްޓަރ ޔުނައިޓެޑުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭނާގެ އެޖެންޓު ވަނީ ގަލަތަސަރާއީގެ އޮފިޝަލުންނާއި މަޝަވަރާ ކޮށްފަ. ބެލެވޭ ގޮތުގައި ޖެނުއަރީ ޓްރާންސްފާގައި އޭނާ ދާނީ ގަލަތަސަރާއީ އަށް.
631 ދުވަސް ކުރިން - 15:20