ނަތީޖާ ނުނެރެވުމުން ނެސްޓާ ވަކިކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 128 ދުވަސް ކުރިން - 24 ޑިސެންބަރު 2024 17:43
ޚުލާސާ

މޮންޒާއިން އަލެސަންދްރޯ ނެސްޓާ ވަކިކޮށްފައި މިވަނީ ހަ މަސްތެރޭ. ނެސްޓާއަކީ 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީގެ ކުރީގެ ޑިފެންޑަރު.

އިޓާލިއަން ސީރީ އޭ ކްލަބް މޮންޒާއިން އެ ޓީމުގެ ކޯޗު އަލެސަންދްރޯ ނެސްޓާ ވަކިކޮށްފައެވެ.

ނެސްޓާ ވަކިކުރީ އޭނާ ކޯޗުކަމާ ޙަވާލުވިތާ އެންމެ ހަ މަސްދުވަސް ތެރޭގައެވެ.

މި ސީޒަނުގައި މޮންޒާއިން ކުޅުނު 17 މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ނުވަ މެޗުން އެއްވަރުވެ، ހަތް މެޗުން ބަލިވެފައިވާއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. މި ދެރަ ނަތީޖާތަކާ ގުޅިގެން މޮންޒާއިން ވަނީ ނެސްޓާ ވަކިކުރުމަށް ނިންމާފައެވެ.

ނެސްޓާގެ ބަދަލުގައި މޮންޒާއިން ކޯޗަކަށް ގެނެސްފައިވަނީ ސަލްވަޓޯ ބޮޗެޓީއެވެ. ބޮޗެޓީ މީގެ ކުރިން ހެލަސް ވެރޯނާގެ ވަގުތީ ކޯޗުކަން ކޮށްފައިވެއެވެ. ނަމަވެސް އޭނާ ކޯޗުކަން ކުރި ހަ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

48 އަހަރުގެ ނެސްޓާއަކީ އިޓަލީގެ ކުރީގެ ޑިފެންޑަރެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރު އިޓަލީގެ ޤައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ކްލަބު ކެރިއަރުގައި އޭސީ މިލާނާއި ލާޒިއޯއަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.    

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%