6 މަސްދުވަހަށް ފަހު ކުއްލިޔަކަށް ކޯޗުކަމުން ފޮންސެކާ ބޭރުކޮށްލުމަށްފަހު މިލާނުން އެޓީމުގެ ހެޑް ކޯޗަކަށް 30 ޑިސެމްބަރުގައި ހަމަޖެއްސި ޕޯޗުގީޒްގެ ކޮންސީސާއޯ 2026 ވަނަ އަހަރާއި ހަމައަށް ކޮންޓްރެކްޓްގެ ދަށުން އޭސީ މިލާންގެ ކޯޗުކަން ކޮށްދޭއިރު، ސުޕަ އެޖެންޓް ޖޯޖް މެންޑޭސްގެ އެހީތެރިކަމާއެކު އޭނާގެ ސްކޮޑް ބައްޓަން ކޮށް ސެންސީރޯގައި ނުފޫޒު ގަދަކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
އިޓަލީގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ސަން ސިރޯއަށް ގެންދިޔުމަށް ލޯ އަޅަމުންދާ ބައެއް ކުޅުންތެރިން:
މިލިޓާއޯ
މީގެ ކުރިން އެފްސީ ޕޯޓޯގައި ކުޅުނު ރިއާލް މެޑްރިޑްގެ ބްރެޒިލްގެ ސެންޓްރަލް ޑިފެންޑަރު މިލިޓާއޯ އަށް އޭސީ މިލާނުން ލޯ އަޅަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސެންސީރޯގައި 2018 ގައި ކުޅުމަށްފަހު ޖެހިގެން އައި އަހަރު ޖުލައި 1 ގައި ރިއަލް އަށް ބަދަލުވި މިލިޓާއޯގެ ފުރަތަމަ 6 އަހަރުގެ އެއްބަސްވުން މިހާރު ވަނީ ޖޫން 30، 2028 އާއި ހަމަޔަށް އިތުރު ވެސް ކޮށްފައެވެ.
ލަލީގާގައި 118 މެޗް ކުޅެ 8 ގޯލް ޖަހާފައިވާއިރު ރިއަލް މެޑްރިޑްގައި 2 ޗެމްޕިއަންސް ލީގާއި، ކުލަބް ވޯލްޑްކަޕާއި ސުޕަރ ކަޕްގެ އިތުރުން 2 ލަލީގާ ޓައިޓްލް އާއި ކޮޕާ ޑެލްރޭ އަދި 3 ސްޕެނިޝް ސުޕަރ ކަޕް ތަށި ނަގާފައިވާއިރު އޭނާއަކީ އެ ޓީމުގެ ކީ ޕްލެޔަރެވެ. ސެންސީރޯއަށް އޭނާ ގެންދަން ކިތަންމެ ބޭނުން ވިޔަސް، މިހާތަނަށް މިލިޓާއޯއާއެކު އޭސީމިލާނުން ވާހަކަތައް ދެއްކި ކަމުގެ ރިޕޯޓެއް ނެތެވެ.
މެނުއަލް އުގަރޓޭ
މިހާރު ޕެރިސް ސެއިންޓް-ޖަރމައިން (ޕީއެސްޖީ) އަށްނކުޅެމުން އަންނަ އުރުގުއޭގެ ކުޅަދާނަ މިޑްފީލްޑަރަކީ ތަފާތު ސްޓައިލަކަށް ކުޅޭ ޑިފެންސަށް ވަރަށް ކުޅަދާނަ ކުޅުންތެރިއެކެވެ. އެހެންކަމުން އޭސީ މިލާންގެ ޝައުގުވެރިކަން ވަނީ އޭނާއަށެވެ.
ޖިއޮވާނީ ރެއިނާ
ބޮރޫޝިއާ ޑޯޓްމުންޑްގެ އެޓޭކިން މިޑްފީލްޑަރެއް ނުވަތަ ވިންގާ އަދި އެމެރިކާގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ރެއިނާ އަކީ މިލާންގެ އޮފެންސިވް ލައިނަޕް އަށް އަގުހުރި ޓާގެޓެކެވެ. ބުންޑަސް ލީގާގައި ޑޯޓްމުންޑަށް 96 މެޗުން 14 ގޯލް ޖަހާފައިވާއިރު އެމެރިކާ ކުޅުނު 31 މެޗުގައި 8 ގޯލު ޖަހާފައި ވެއެވެ.
ފްރާންސިސްކޯ ކޮންސެއިޝަން (ހެޑްކޯޗުގެ ދަރި)
އުމުރުން 22 އަހަރުގެ ވިންގާ އަދި ކޮމްސީސާއޯގެ ދަރިފުޅު، މިހާރު ކުޅެނީ އެފްސީ ޕޯޓޯހެ ލޯނު އުސޫލުން ޔުވެންޓަސް އަށެވެ. މިހާރު ކުރިޔަށްދާ ޗެމްޕިއަންސް ލީގުގައި 5 މެޗު ކުޅުނުއިރު ގޯލަކާއި އެސިސްޓެއް ދީފައިވެއެވެ. އޭނާގެ ޑްރިބްލިންގ ސްކިލްސް އާއި ކުޅުމުގެ ވައްޓަފާޅިއަށް މަތީ ފެންވަރުގެ ބައެއް ކްލަބުތަކުގެ ސަމާލުކަން ހޯދާފައިވެއެވެ.