ވިނީސިއަސް ހެޓްރިކް ހަދައި ރިއަލް މެޑްރިޑް އޮސަސޫނާއާ ކުޅުނު މެޗުން 4-0 އިން ކާމިޔާބު ހޯދިއިރު، މިލިޓާއޯއަށް ސީރިއަސް އަނިޔާއެއް ލިބި، ރޮޑްރީގޯ އާއި ވާޒްކުއެޒް އަށް ވެސް ވަނީ އަނިޔާވެފައި.
742 ދުވަސް ކުރިން - 12:43
ޗެމްޕިއަންސް ލީގުގައި މެޑްރިޑް ބަލިކޮށް މިލާން 6 ޕޮއިންޓާއެކު 18 ވަނައަށް އަރައިފި. ރެއާލް މެޑްރިޑަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް 17 ވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުން.
746 ދުވަސް ކުރިން - 16:12
ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ބާސެލޯނާއިން 4 ލަނޑު ސުން ލަނޑުން ރިއަލް މެޑްރިޑް ބަލިކުރިއިރު ލެވަންޑޯސްކީ ވަނީ ދެލަނޑު ޖަހާފަ. އަނެއް ދެގޯލު ޖެހީ ޔަމާލް އާއި ރަފީނިއާ.
756 ދުވަސް ކުރިން - 09:54
ޑޯޓުމުންޑު ދެގޯލު ޖަހައިފައި ވަނިކޮށް ރިއަލް މެޑްރިޑުން ފަހަތުން އަރައި 5 ގޯލު ޖެހި. ވިނީޝިއަސް ހެޓްރިކް ހެދިއިރު މެޗު ފެށުމުގެ ކުރިންވެސް ވިނީޝިއަސް އަކީ ގޮންޖެހުމެއް ކަމަށް ޑޯޓުމުންޑުގެ ކޯޗު ސާހިން ބުނި.
760 ދުވަސް ކުރިން - 11:36
މިރޭ ރާއްޖެ ގަޑިން ބާރަ ޖަހާއިރު ކުޅޭ މެޗުގައި ޑޯޓުމުންޑުގެ ކޯޗު ވަނީ މުހިއްމު ނުރައްކަލެއްގެ ގޮތުގައި ކައިލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ރޮޑްރިގޯ، އަދި ވިނިޝިއަސް ޖޫނިއާ ފަދަ ތަރިން ފާހަގަކޮށްފަ.
761 ދުވަސް ކުރިން - 16:26
ލިމިޓެޑް އެޑިޝަން ޖާޒީ ބޭނުންކުރާނީ މިމަހު އޮންނަ އެލްކްލެސިކޯ މެޗާއި އަންނަ މަހުގެ ދެވަނަ ދުވަހު ބާސާގެ އަންހެންޓީމު ކުޅޭ މެޗުގައި.
764 ދުވަސް ކުރިން - 16:48
ރިއަލް މެޑްރިޑުން ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ، ލަލީގާގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ނުވަ މެޗަށް އިތުރުކޮށް، 21 ޕޮއިންޓާއެކު ބާސެލޯނާ އެއްވަރުކޮށްފި
777 ދުވަސް ކުރިން - 14:59
ސަޕޯޓަރުން އެއްޗެހި އުކުމުން ކުޅުން ވަގުތީގޮތުން ހުއްޓާލަން ޖެހުނު މެޗުގައި ރިއަލް މެޑްރިޑް އެތުލެޓިކޯއިން އެއްވަރުކޮށްލީ ރިއަލް ލަނޑެއް ޖަހާފައި ވަނިކޮށް. ލީގުގައި ބާސެލޯނާ އެއްވަނައިގައި އޮތްއިރު ރިއަލްގެ ފަހަތުން އެތުލެޓިކޯ އޮތީ ތިންވަނައިގަ
783 ދުވަސް ކުރިން - 15:33
އެމްބާޕާގެ ފަލަމަސްގަނޑަށް އަނިޔާވެ ކުރިޔަށް އޮތް ހަފްތާގައި ނުކުޅެވޭނެ ކަމަށް ރިއަލް މެޑްރިޑުން ބުނާއިރު ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ތިން ހަފްތާގައި އެމްބާޕޭއަކަށް ނުކުޅެވޭނެއެވެ.
787 ދުވަސް ކުރިން - 12:08
އެމްބާޕޭ މިހާރު ވަނީ ހުރިހާ މުބާރާތެއްގައި މެޑްރިޑާއެކު ކުޅުނު ނުވަ މެޗުން ހަތް ގޯލު ޖަހައިފަ. ސްޕެނިޝް ލީގުގައި އޭނާ ފަސް ގޯލު ޖެހިފައިވާއިރު، ބާސެލޯނާގެ ލީޑިން ސްކޯރަރު ރޮބަޓް ލެވަންޑޯސްކީ އާއި އަރާ ހަމަކުރަން މިވަގުތު ބޭނުމީ އެންމެ ގޯލެއް
788 ދުވަސް ކުރިން - 14:09
މެޗުގެ ފުރަތަމަ ހާފު ނިމުނީ މޮޅަށް ކުޅުނު ރިއަލް އަށް ގޯލެއް ނުޖެހި. ދެވަނަ ހާފުގައި ރިއަލްގެ ކީޕަރު އަތުން ބައިކޮލަށް ވަން ގޯލަށްފަހު ރިއާލުން ވަނީ އެސްޕެންޔޯލް ކޮޅަށް 4 ގޯލު ޖަހައިފަ
791 ދުވަސް ކުރިން - 12:42
ރެއާލް ސޮސިއެޑާޑް އަތުން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑު މޮޅުވީ ކިލިއަން އެމްބާޕޭ އާއި ވިނިޝިއަސް ޖޫނިއާ ޕެނަލްޓީ ޖަހައިގެން. މެޑްރިޑް ބަލިނުވެ އޮތް ނަމަވެސް ބާސެލޯނާ ވަނީ އެއް މެޗު މަދުން ކުޅެ 1 ޕޮއިންޓް ފަރަގާއެކު މެޑްރިޑަށްވުރެ ކުރީގައި ޓޭބަލްގެ 1ވަނަ ހޯދާފަ
798 ދުވަސް ކުރިން - 09:12