ރޭ ލަލީގާގައި ރިއަލް މެޑްރިޑް އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން ކާމިޔާބު ހޯދައިފިއެވެ.
މި މެޗުގައި ވިނީސިއަސް ޖޫނިއަރ ހެޓްރިކް ހެދިއިރު އަނެއް ގޯލު ޖެހީ ޖޫޑް ބެލިންގހަމް އެވެ.
ނަމަވެސް މި މެޗުގައި ރިއަލްގެ ޑިފެންޑަރު އެޑަރ މިލިޓާއޯއަށް ސީރިއަސް އަނިޔާއެއް ލިބުނެވެ. މެޗުގެ 30 ވަނަ މިނެޓުގައި މިލިޓާއޯގެ ކަނާތު ކަކޫގެ އޭސީއެލް ކެނޑި، އޭނާ ސްޓްރެޗަރެއްގައި ދަނޑުން ބޭރަށް ގެންދިޔައެވެ.
މީގެ އިތުރުން ރޮޑްރީގޯ އާއި ލޫކަސް ވާޒްކުއެޒް ވެސް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. މި މެޗާއެކު ރިއަލް މެޑްރިޑް ވަނީ ވިދިވިދިގެން ދެ މެޗުން ބަލިވުމަށްފަހު އަނެއްކާވެސް ކާމިޔާބީގެ މަގަށް އެނބުރިފައެވެ.
ނަމަވެސް ޓީމަށް ލިބުނީ އަނިޔާގެ ހިތްދަތިކަމެވެ.
މި ނަތީޖާއާއެކު ރިއަލް މެޑްރިޑް ވަނީ ލީގުގެ ދެވަނަ ހިސާބުގައި ހުރެ، އެއްވަނައިގައިވާ ބާސެލޯނާއާ ދެމެދު 6 ޕޮއިންޓަށް ކައިރިވެފައެވެ. ނަމަވެސް ބާސެލޯނާ މިއަދު ކުޅޭ މެޗުން ކާމިޔާބު ހޯދައިފިނަމަ، މި ތަފާތު ބޮޑުވާނެއެވެ.









