ރެއާލް އެރީނާގައި ރެއާލް ސޮސިއެޑާޑް އަތުން 2 ލަނޑު 0 ލަނޑުން ރިއަލް މެޑްރިޑް މޮޅުވެއްޖެއެވެ.
ލަލީގާގައި ރޭ ކުޅުނު މި މެޗުގައި ފުރާންސްގެ ދެ ގޯލުވެސް ޖަހާފައިވަނީ ލިބުނު ޕެނަލްޓީތަކުންނެވެ.
މިމެޗުގެ ފުރަތަމަ ގޯލު ޖެހީ 58ވަނަ މިނެޓުގައި، ލިބުނު ޕެނަލްޓީން ވިނީޝިއަސް ޖޫނިއާއެވެ.
ފާއިތުވި 5 މެޗުގައި ވެސް ލީގުން ބަލިވެފައި ނުވާ ރިއަލްގެ ދެވަނަ ލަނޑު 75ވަނަ މިނެޓުގައި ޖަހައިދިނީ އެމްބާޕޭއެވެ. މިމެޗުން މޮޅުވުމާއެކު މެޑްރިޑަށް މިވަނީ ބާސެލޯނާއަށްވުރެ އިތުރަށް އެއްމެޗު ކުޅެގެން ތާވަލުގައި ބާސާގެ ފުލުގައި ވިއްދާފައެވެ. މެޑްރިޑް ދެމެޗުން އެއްވަރުވެފައިވާއިރު ލިބިފައިވަނީ 11 ޕޮއިންޓެވެ. ބާސެލޯނާއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޑްރިޑްގެ ޖޫޑް ބެލިންހަމް މި މެޗުގައި ނުކުޅެވުނު ނަމަވެސް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ބެލެވެ އެވެ.









