ލަލީގާގައި ރޭ ރިއަލް މެޑްރިޑް ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ . ލީގުގައި ބަލިނުވެ ކުޅުނު މެޗު ނުވަ މެޗަށް އިތުރުކޮށްފިއެވެ. މި މޮޅާއެކު ތާވަލުގެ ދެވަނައިގައި އޮތީ 21 ޕޮއިންޓާއެކު، ބާސެލޯނާއާ އެއްވަރުވެފި ވަނީ ބާސާ އަށްވުރެ އިތުރަށް 1 މެޗް ކުޅެގެންނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ފެޑެރިކޯ ވަލްވާޑޭ ވަނީ ގޯލްގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައި ލީޑު ނަގާފައެވެ. ވިޔަރެއާލް އިން ނަތީޖާ ހަމަހަމަ ކޮށްލަން ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ދެވަނަ ހާފުގެ ކުރީކޮޅު ބެރީ ބޮލުން ފޮނުވާލި ބޯޅައެވެ. ނަމަވެސް ގޯލުގެ ދަނޑިމަތިން އެ ބޯޅަ ދިޔައީ ބޭރަށެވެ.
މެޑްރިޑުން މެޗުގެ ދެވަނަ ގޯލު ޖެހީ 73 ވަނަ މިނެޓްގައި ބުރެޒިލްގެ ތަރި ވިނިޝިއަސް ޖޫނިއާއެވެ. މި މެޗުން މޮޅުވެ ވަގުތީ ގޮތުން ބާސާއާއި އެއްވަރުވި ނަމަވެސް މެޑްރިޑުގެ ކަރްވަހާލް ސްޓްރެޗާ އަށް ލައިގެން ދަނޑުން ނެރެން ޖެހުނެވެ. ކޯޗު ކާލޯ އެންޗެލޯޓީ ކަންބޮޑުވުން ފާޅުކޮށް، އަނިޔާއަކީ ސީރިއަސް އަނިޔާއަކަށް ވެދާނެތީއެވެ.
ލަލީގާގައި ރެއާލް މެޑްރިޑް ބަލިނުވެ އޮތް ރެކޯޑް މިހާރު ނުވަ މެޗުގައި އޮތްއިރު، 2018 ވަނަ އަހަރުގެ ސީޒަނުގައި ބަލިނުވެ 43 މެޗު ބާސެލޯނާ ވަނީ ކުޅެފައެވެ.









