ޔުއެފާ ޗެމްޕިއަންސް ލީގުގައި ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ބައްދަލުކުރާނީ އެންމެފަހުން ފައިނަލުގައި ބައްދަލުކުރި ރިއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމުންޑެވެ.
މިރޭގެ މެޗަށް ކޯޗު ނޫރީ ސާހިންގެ ޓީމު މެޑްރިޑަށް އައިސްފައިވަނީ ވެސް ލަހުންނެވެ. އެކަމާއިމެދު ނޫސްވެރިން ސުވާލުުރުމުން އޭނާ ބުނީ ޕްރެކްޓިސްތައް ހޯމުގައި ކުރުމަށް ބޭނުންވީ ކަމަށާއި އެއީ ސިއްރުކުރަން އޮތް ކަމެއް ނޫނެވެ. ކޯޗު ނޫރީ ސާހިން ބުނީ މިރޭގެ މެޗަކީ ގޮންޖެހުންތައް ގިނަ މެޗެކެވެ.
ސާހިން ވަނީ މެޑްރިޑްގެ ހުނަރަށް ތައުރީފުކޮށް، މުހިއްމު ނުރައްކަލެއްގެ ގޮތުގައި އެމްބާޕޭ، ޖޫޑް ބެލިންހަމް، ރޮޑްރިގޯ، އަދި ވިނިޝިއަސް ޖޫނިއާ ފަދަ ތަރިން ފާހަގަކޮށްފައެވެ. މި ކުޅުންތެރިންނާއި ދެކޮޅަށް ކުޅޭއިރު ގޮންޖެހުންތައް އެބަހުރި ކަމަށާއި، ނަތީޖާ ނެރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން އޮގަނައިޒްކޮށް ކުޅެންޖެހޭ ކަމަށް ބުންޏެވެ.
"މިއިން އެއްވެސް ކުޅުންތެރިއަކު ހިފެހެއްޓުމަކީ ގޮންޖެހުން ބޮޑު ކަމެއް. ރަނގަޅު ނަތީޖާއަކަށް މުޅި ޓީމު ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ." ޑޯޓުމުންޑު ކޯޗު ބުންޏެވެ.









