ސްޕެނިޝް ލީގުގައި ރޭ ކުޅުނު ފޯރިގަދަ އެލް ކްލާސިކޯގައި ބާސެލޯނާއިން 4 ލަނޑު ޖަހައި ރިއަލް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑު ބަރުނަބިއުގައި ވާދަވެރި ބާސެލޯނާ އަތުން ރިއަލް ބަލިވީ 4-0 ގެ ތަފާތަކުން ނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ ވެސް ރެއާލުންނެވެ. ނަމަވެސް އެމްބާޕޭ ޖެހި އެ ގޯލު ވީއޭއާރް ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމިއެވެ.
މެޗުގައި ފެނުނު ހަތަރު ގޯލުވެސް ޖެހީ ދެވަނަ ހާފުގައެވެ. ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ވިދިވިދިގެން ދެގޯލު ޖެހިއިރު ފުރަތަމަ ގޯލު އޭނާ ޖެހީ 54 ވަނަ މިނެޓް ގައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ދެވަނަ ގޯލު ޖެހި އެވެ.
ރަފީނިއާ ދިން ޕާހަކުމް މެޗުގެ 77 ވަނަ މިނެޓުގައި ޔަމާލް ގޯލް ޖެހިއިރު އެ ގޯލަކީ ކްލާސިކޯގެ ތާރީޚުގައި އެންމެ ހަނގު ކުޅުންތެރިޔަކު ޖެހި ގޯލެވެ. އެ ގޯލު ޖެހިއިރު ޔަމާލްގެ އުމުރަކީ 17 އަހަރާއި 106 ދުވަހެވެ.
އެމްބާޕޭ އަށް ގޯލު ޖަހަން 3 ފުރުސަތު ލިބުނުއިރު ބާސާގެ ކީޕަރު އެއް ބޯޅަ އަށް ހުރަސްއެޅިޔަސް އަނެއް ދެބޯޅަ ނެރުނީ ދާގަނޑުގެ ތެރެއިންނެވެ. ނަމަވެސް އެއީ އޮފްސައިޑު ދެގޯލެވެ. މީގެ އިތުރުން ބުރެޒިލްގެ ވިންގާ ވިނީޝިއަސް ޖޫނިއާއަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބި ވަނީ ބޭކާރު ވެފައެވެ.
ރޭ 4-0 ލަނޑުް ބާސާ މޮޅުވިއިރު އެޓީމުގެ ފަހު ގޯލު ޖެހީ މެޗު ނިމުމުގެ 6 މިނެޓު ކުރިން ރަފީނިއާ 3ވަނަ ގޯލު ޖަހަން އެހީތެރިވި ރަފީނިއާއެވެ.
މި މޮޅާއެކު ލީގު ތާވަލުގައި ބާސެލޯނާ ވަނީ 11 މެޗުން 30 ޕޮއިންޓާއެކު އެއްވަނައިގެ ލީޑު ދަމަހައްޓާފައެވެ. ދެވަނައިގައި އޮތް ރިއާލް އޮތީ 24 ޕޮއިންޓާއެކުއެވެ.









