Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްބާޕޭއަށް އަނިޔާވެ 3 ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ

އެމްބާޕޭއަށް އަނިޔާވެ 3 ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ

އުސްތާޛް މުޙައްމަދު ޢަލީ
622 ދުވަސް ކުރިން - 26 ސެޕްޓެންބަރު 2024 12:08
އެމްބާޕޭއަށް އަނިޔާވެ 3 ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ
ޚުލާސާ

އެމްބާޕާގެ ފަލަމަސްގަނޑަށް އަނިޔާވެ ކުރިޔަށް އޮތް ހަފްތާގައި ނުކުޅެވޭނެ ކަމަށް ރިއަލް މެޑްރިޑުން ބުނާއިރު ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ތިން ހަފްތާގައި އެމްބާޕޭއަކަށް ނުކުޅެވޭނެއެވެ.

ރިއަލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް އަނިޔާވެ ކުރިޔަށް އޮތް ތިން ހަފްތާގައި އެ ޓީމު ކުޅޭ މެޗުތަކުގައި ގައި އޭނާއަށް ނުކުޅެވޭނެކަމަށް ހަބަރުތައް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ފްރާންސްގެ ފޯވާޑު ޕީއެސްޖީ އިން މި ސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު ގުޅުނު ފަހުން އެމްބާޕޭ އެ ޓީމަށް ކުޅުނު ނުވަ މެޗުގައި ވަނީ 7 ގޯލު ޖަހައިދީފަ އެވެ.

މެޑްރިޑުން ބުދަ ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި އެމްބާޕޭގެ “ކަނާތު ފައިގެ ބައިސެޕްސް ފެމޮރިސް އަށް އަނިޔާއެއް”ވެފައި ވެއެވެ. އޮކްޓޯބަރު މަހުގެ މެދުތެރެއާ ހަމައަށް އޭނާ ކުޅުން ހުއްޓާލާނެ ކަމަށް ބެލެވެ އެވެ.

Advertisement

Advertisement 1

އަނިޔާގެ ސަބަބުން އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި މެޑްރިޑުން ލިލްއަށް ކުރާ ދަތުރަށް ވެސް އެމްބާޕޭ ނުކުޅެވޭނެ ކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން މެޑްރިޑުން މި ސީޒަނުގައި އަނިޔާގެ ގިނަ ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބްރަހިމް ޑިއާޒް އާއި ޑާނީ ސެބަލޯސް ވެސް ވަނީ އަނިޔާއާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އެޑުއާޑޯ ކަމަވިންގާ ބުރާސްފަތި ދުވަހު ފުރަތަމަ ޓީމުގެ ފަރިތަކުރުންތަކަށް އެނބުރި އައުމަށްފަހު މެޑްރިޑް ޑާބީއަށް ކުޅެވޭނެ ކަމަށް ބެލެވެ އެވެ.

މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް ފުޓްބޯޅަ ކަލަންޑަރު އެކުލަވާލާފައިވާތީ ކްލަބްތަކުގެ އިތުރުން ކޯޗުންނާއި ކުޅުންތެރިން ވަނީ އެކަމުގެ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބުނެފައެވެ. ލަލީގާގައި ރިއަލް މެޑްރިޑް މިހާތަނަށް ކުޅުނު ހަތް މެޗުން 17 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު ކުޅުނު ހަތް މެޗުން މޮޅުވެ ބާސާ އޮތީ އެއްވަނައިގައެވެ.

ރިއަލް މެޑްރިޑް
Ad
Ad

ގުޅޭ ޚަބަރުތައް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

23 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

26 ދުވަސް ކުރިން - 16:16

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެންނަނީ

28 ދުވަސް ކުރިން - 08:32

ވެލްވާޑޭ އާއި ޗުއަމެނީ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވެލްވާޑޭގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ޗުއަމެނީ ވަލްވާޑޭގެ ބޯ ފަޅާލައިފި

33 ދުވަސް ކުރިން - 12:54

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ރެއާލުން ބޭރުކުރަން ގޮވާލާ ޕެޓިޝަނެއް

33 ދުވަސް ކުރިން - 11:10

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

45 ދުވަސް ކުރިން - 22:11

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%