ރާއްޖޭގެ ވިޔަފާރިތަކަށް މުހިންމު ޤައުމުތަކާ، ޤައުމަށް ބޭނުންތެރި އަދި ފައިދާ ހުރި ތަންތަނުގައުި އެމްބަސީތަކާއި ހައި ކޮމިޝަންތައް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި،
667 ދުވަސް ކުރިން - 14:21
މާލެ އަރބަން ރީޖަންގެ އިތުރުން އުތުރާއި ދެކުނުގައި އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ޤާއިމުކުރުމާއި، 7 އަރބަން ސެންޓަރު ތަރައްޤީކުރުން މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ.
669 ދުވަސް ކުރިން - 17:59
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްޤީ ކަށަވަރުކުރަން ބޭނުންވާނަމަ، ޑްރަގުގެ ވަބާއަށް ދާއިމީ ހައްލެއް އަންނަން ޖެހޭނެ ކަމަށާއި، މިހާރުން މިހާރަށްވެސް މި މިކަމަށް ހައްލުތަކެއް ގެންނަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި.
672 ދުވަސް ކުރިން - 14:37
ރައީސް ވިދާޅުވީ މަރާމާތު ނުކޮށް ބައުވެފައިވާ ގިނަ ކައުންސިލް އިދާރާތައް ހުރިކަން އެމަނިކުފާނު އެތަންތަނަށް ޒިޔާރަތް ކުރުމުން ފެނިވަޑައިގެންނެވި ކަމަށާއި، އެތަންތަން ތަރައްޤީ ކުރުމުގެ އިތުރުން ޤާނޫނުގައިވާ ގޮތަށް ކައުންސިލްތަކާމެދު ޢަމަލު ކުރެވޭނެ ކަމަށް.
676 ދުވަސް ކުރިން - 20:21
އިދިކޮޅުގެ ވާހަކަތަކާއި ޚިލާފަށް، ސަރުކާރުން ބްލޮކް ގްރާންޓުގެ 5% ގެ އިތުރުން، ފަޅުރަށްތަކާއި ލޯކަލް ޓުއަރިޒަމްގެ ޓެކްސްގެ ބައެއް ކައުންސިލްތަކަށް ދިނުމަށް ނިންމައިފި. މިއީ ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް.
676 ދުވަސް ކުރިން - 20:20
ރައީސް ވިދާޅުވީ މި ޕެޓް ކެއަރ ފެސިލިޓީގެ ސަބަބުން މަގުމަތީގައި ބުޅާ ގިނަވާ މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެކަމަށް.
676 ދުވަސް ކުރިން - 19:24
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5000 އަކަފޫޓުގެ ބިމެއްގައި ޤާއިމުކޮށްފައިވާ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ޤާއިމުކުރެވުނު ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" މިއަދު ރައީސް ހުޅުއްވައިދެއްވައިފި.
676 ދުވަސް ކުރިން - 19:00
"އޮޅު ހިޔާ" ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތް ކުރާނެ ކަމަށް.
676 ދުވަސް ކުރިން - 18:33
ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10% އުނިކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި. މި ފިޔަވަޅު އަޅުއްވަނީ 2 އަހަރު ދުވަހުގެ މުއްދަތަށް.
686 ދުވަސް ކުރިން - 20:22
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވައިފި.
686 ދުވަސް ކުރިން - 20:10
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10% އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ރައީސް ނިންމަވައިފި. މި ފިޔަވަޅުތައް އަޅަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގަ.
686 ދުވަސް ކުރިން - 19:42
އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް 228 ސިޔާސީ މަޤާމު އުވާލުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމަވައިފި. މި ބަދަލާއެކު މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ.
694 ދުވަސް ކުރިން - 16:52