Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރައީސް މުޢިއްޒު ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" ހުޅުއްވައިދެއްވައިފި

އާނާ ފަހީމް
721 ދުވަސް ކުރިން - 2 ނޮވެންބަރު 2024 19:24
ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ޚުލާސާ

ރައީސް ވިދާޅުވީ މި ޕެޓް ކެއަރ ފެސިލިޓީގެ ސަބަބުން މަގުމަތީގައި ބުޅާ ގިނަވާ މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން ކަމަށާއި، މި ފެސިލިޓީއާއެކު މަގުމަތީގައި ބުޅާ ގިނަވާ މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި މާލޭގެ ރައްޔިތުންނަށް މިކަމުން ލިބިގެންދާނެ ހިތްހަމަޖެހުން އިހުސާސް ވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދިއުމަށް ޤާއިމްކުރާ މި ފެސިލިޓީގެ މަސައްކަތް ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މި ފެސިލިޓީ ހެދުމަށް 5،000 އަކަ ފޫޓުގެ ބިމެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކުރީގެ ފަރުކޮޅުފުށި އޮތް ސަރަހައްދުން ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement 1

ރައީސް އިތުރަށް ވިދާޅުވީ، މި ފެސިލިޓީ ހުޅުވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރޭވި ކަންތައްތަކުގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އަދި މި ފެސިލިޓީއިން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާކުރެވި ޕްރޮފެޝަނަލް ވެޓް ކެއަރ ލިބިގެންދާނެ ކަމަށާއި، މިފަދަ މައްސަލަތަކަށް ޙައްލު ހޯދުމުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތްތާނގައި މި ފެސިލިޓީގައި ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއްވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޕީއެންސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތަރާވީސް ފަށައިފި

ޕީއެންސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތަރާވީސް ފަށައިފި

240 ދުވަސް ކުރިން - 22:11

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް!

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް!

241 ދުވަސް ކުރިން - 17:03

"ހުރިހާ ގޮތަކުން ވެސް ޗާގޮސް ލިބެންޖެހޭނީ ރާއްޖެއަށް"

"ހުރިހާ ގޮތަކުން ވެސް ޗާގޮސް ލިބެންޖެހޭނީ ރާއްޖެއަށް"

277 ދުވަސް ކުރިން - 11:05

"ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ނުވިއްކަވާ"

"ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ނުވިއްކަވާ"

286 ދުވަސް ކުރިން - 19:34

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން އަދިވެސް ދިރި އެބައޮތް!

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން އަދިވެސް ދިރި އެބައޮތް!

336 ދުވަސް ކުރިން - 10:39

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

344 ދުވަސް ކުރިން - 12:22