
ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ފަންނީ ދިރާސާތަކާއި މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށްވާތީ، އިގުތިސާދީ ކުރިއެރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި.
1 ދުވަސް ކުރިން - 14:15
ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޙަޤީޤަތްތަކާ ކުރިމަތިލާންޖެހޭ ކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުރިން ޤާނޫނުގައި އޮވެމެ ތަންފީޒު ނުކުރެވި ހުރި ކަންކަން ހަރުދަނާ އުޞޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށް.
2 ދުވަސް ކުރިން - 10:37
ކަންކަން ނިންމަނީ ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުޞޫލުތަކުގެ ތެރެއިން ކަމަށާއި، އިގްތިސާދަށް ގެއްލުން ވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ވިދާޅުވި.
2 ދުވަސް ކުރިން - 10:22
އަހަރެއްހާ ދުވަހުގެތެރޭގައި ތިލަފުއްޓައި ހަމަޔަށް ބުރިޖު ނިންމާލާނެ. ބްރިޖުގެ ހުރިހާ މަސައްކަތް ތަކެއް ވެސް ކުރިއަށް ދަނީ ބައިނަލްއަޤުވާމީ މިންގަނޑު ތަކާއި އެއްގޮތަށް، ފަންނީ ދިރާސާ ތަކުގެ މައްޗަށް ބިނާ ވެގެން ކަމުގެ ޔަޤީން ކަން ވެސް ރައީސް ދެއްވި.
2 ދުވަސް ކުރިން - 10:02
ކުރީ ސަރުކާރުގައި މި މަޝްރޫއު ލަސްވި ނަމަވެސް، ސިނަމާލެ ބުރިޖެކޭ އެއްފަދައިން މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި.
2 ދުވަސް ކުރިން - 23:42
ރައީސް ވިދާޅުވީ، ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށް. އަދި މި ސަރުކާރުން މިކަން ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށް ވިދާޅުވި.
2 ދުވަސް ކުރިން - 23:02
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކުގެ މުހިންމުކަން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް. އަދި އިގްތިސާދު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މިކަމުގެ ފޮނި ނަތީޖާ މުޅި ގައުމަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި.
2 ދުވަސް ކުރިން - 22:31
އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި އައިޝަތު އަރީފާއާއި މުޙައްމަދު އާރިފަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި. މުޙައްމަދު އާރިފަށް ރުހުން ދޭން ފާސްވީ މެމްބަރުންގެ އިއްތިފާގުން އަދި އަރީފާއަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދިނީ 48 މެންބަރުން
2 ދުވަސް ކުރިން - 16:36
މޭ 2026 ގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސް އަދި އޮސްޓްރޭލިއަން ބޯޑަރ ފޯސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނު. މީގެ ދަށުން ދެގައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، މައުލޫމާތު ބަދަލުކުރުމާއި، ކަނޑުމަތީގެ އޮޕަރޭޝަންތައް ގުޅިގެން ހިންގުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ.
3 ދުވަސް ކުރިން - 11:02
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ސިޔާސީ އަދި ދަޢުލަތުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް ގެނުވި މައްސަލައަކަށް ވީނަމަވެސް، މިހާތަނަށް ކުރެވުނު ހުރިހާ ރަސްމީ ތަހުގީގުތަތަކުންނާއި ލިޔެކިޔުންތަކުން ސާފުވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މި ހިޔާނާތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ބޭފުޅެއްކަން.
3 ދުވަސް ކުރިން - 11:16
މިއީ މީގެކުރިން އެންމެ ބޮޑު ރަށް ކަމަށްވާ ލ. ގަމަށްވުރެ (609 ހެކްޓަރު) ބޮޑު ސަރަހައްދެއް. ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި 1،150 ހެކްޓަރުގެ މި "އިކޯ ސިޓީ" މަޝްރޫއުގެ އަމާޒަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން.
4 ދުވަސް ކުރިން - 23:03
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި އދ. ގެ އދ. ގެ އަންޑަރސެކްރެޓަރީ-ޖެނެރަލް، އަދި ހާއްސަ މަންދޫބު ރަބާބް ފާތިމާ ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން ކުދި ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިންނަށް އިންވެސްޓްކޮށް، އޭގެ ހަގީގީ ނަތީޖާ އަމަލީގޮތުން ފެންނަމުންދާ ކަމަށް.
5 ދުވަސް ކުރިން - 08:21
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައި އިންޖީނު ކަމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި ޒުވާނުންނާއި އަންހެނުންގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުން މުހިންމު ކަމަށް.
5 ދުވަސް ކުރިން - 19:30