Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

ފާތިމަތު އަނަން މުހައްމަދު
5 ގަޑިއިރު ކުރިން - 27 އޯގަސްޓް 2026 14:15
"ނޭޝަންޗެޓް" ޕޮޑްކާސްޓް | ފޮޓޯ: ރައީސް އޮފީސް
"ނޭޝަންޗެޓް" ޕޮޑްކާސްޓް | ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ފަންނީ ދިރާސާތަކާއި މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށްވާތީ، އިގުތިސާދީ ކުރިއެރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި.

ގައުމަށް ބޭނުންވާ ދެމެހެއްޓެނިވި އަދި މާނަވީ އިސްލާހީ ބަދަލުތައް ގެނެވޭނީ ތެދުވެރިކަމާއެކު، ގައުމުގެ ހަގީގީ ހާލަތު ދެނެގަނެ މައްސަލަތަކާ ކުރިމަތިލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަންޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވީ، ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށްޓަކައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމާއި، ކުރިން ފާސްކޮށްފައި ހުރި ނަމަވެސް ތަންފީޒުނުކުރެވި ހުރި ގާނޫނުތަކަށް އަމަލުކުރަން ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ފަންނީ ދިރާސާތަކާއި މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށްވާތީ، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، ތިލަމާލެ ބްރިޖު މަޝްރޫއުގެ ފެންވަރާމެދު ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ކޮލިޓީ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު 'އޭއީކޮމް' ކުންފުނިން ކަމަށެވެ. އެހެންކަމުން މަޝްރޫއުގެ ފެންވަރާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާލެއާއި ވިލިމާލެ މިހާރު ގުޅާލެވިފައިވާއިރު، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށެވެ.

Advertisement

Advertisement 1

ހަމައެއާއެކު، ގައުމުގެ އުމްރާނީ ތަރައްގީއާއި އިގުތިސާދީ ދުވެލި ދެމެހެއްޓުމަށްޓަކައި އިންޖިނިއަރިން އަދި ސައިންސްގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނިއަރުން ގައުމަށް ނުހަނު ބޭނުންތެރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކު މިފަދަ ފަންނީ ދާއިރާތަކުން ދިވެހި ޒުވާނުން ބިނާކުރުމަކީ ގައުމުގެ މުސްތަގުބަލު ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް މި ސަރުކާރުން ގެންގުޅޭ ދުރުވިސްނުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނެޝަނަލް ޗެޓް ޕްރޮގްރާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

9 ގަޑިއިރު ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

9 ގަޑިއިރު ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

9 ގަޑިއިރު ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

19 ގަޑިއިރު ކުރިން - 23:42

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

20 ގަޑިއިރު ކުރިން - 23:02

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

21 ގަޑިއިރު ކުރިން - 22:31