
ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ފަންނީ ދިރާސާތަކާއި މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށްވާތީ، އިގުތިސާދީ ކުރިއެރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި.
47 ދުވަސް ކުރިން - 14:15
ރައީސް ވިދާޅުވީ، ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށް. އަދި މި ސަރުކާރުން މިކަން ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށް ވިދާޅުވި.
48 ދުވަސް ކުރިން - 23:02
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކުގެ މުހިންމުކަން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް. އަދި އިގްތިސާދު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މިކަމުގެ ފޮނި ނަތީޖާ މުޅި ގައުމަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި.
48 ދުވަސް ކުރިން - 22:31