Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

އައިޝަތު ރުވާ ރިފްޢަތު
2 ދުވަސް ކުރިން - 26 ޖޫން 2026 21:44
ނެޝަނަލް ޗެޓް ޕްރޮގްރާމްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނެޝަނަލް ޗެޓް ޕްރޮގްރާމްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހައުސިންގް ސްކީމްތަކަށް ހުށަހަޅާފައިވާ ފޯމުތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވި. ސް ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށް.

ސަރުކާރުން ކުރިއަށްގެންދާ ސޯޝަލް ހައުސިންގް މަޝްރޫއުތަކުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އެއްވެސް ސިޔާސީ ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކަންކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ އަސާސީ ހައްގަކަށް ވީހިނދު، ސަރުކާރުން ދޫކުރާ ފްލެޓްތަކާއި ގޯތިތައް ބަހާނީ ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ހައުސިންގް ސްކީމްތަކަށް ހުށަހަޅާފައިވާ ފޯމުތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އެއްވެސް މީހަކަށް ނުޙައްގުން މަންފާއެއް ލިބޭނެ ފުރުސަތެއް މި ސަރުކާރުން ނުދޭނެ ކަމަށްވެސް ރައީސް ތަކުރާރު ކުރެއްވިއެވެ.

Advertisement

Advertisement 1

މާލެ ސިޓީގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މަގުތައް ހެދުމަކީ މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ޕާކިންގްގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިކަންކަމަށް ދާއިމީ ހައްލެއް ލިބޭނީ ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، ކޮންމެ އިންތިހާބީ ދާއިރާއެއްގެ ރައްޔިތުންނާ ސީދާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްޓަކައި، ކައިރި މުސްތަގުބަލެއްގައި ހާއްސަ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ.

އެންމެނަށް ބޯހިޔާވަހިކަން ސްކީމްރައީސް ޑރ. މުހައްމަދު މުއިއްޒުނެޝަނަލް ޗެޓް ޕްރޮގްރާމް
Ad
Ad

ގުޅޭ ޚަބަރުތައް

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

9 ގަޑިއިރު ކުރިން - 14:56

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

1 ދުވަސް ކުރިން - 13:53

އީ-ވޯޓިންގ އެއް ނުގެންނާނަން؛ "މޯލްޑިވްސް 2.0" ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

"އީ-ވޯޓިންގ އެއް ނުގެންނާނަން؛ 2.0 ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން"

1 ދުވަސް ކުރިން - 13:37

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

2 ދުވަސް ކުރިން - 23:51

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

3 ދުވަސް ކުރިން - 13:00

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

6 ދުވަސް ކުރިން - 22:29

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%