Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

އައު ޓެކްނޮލޮގީއާއި ޑިޖިޓަލް އިގްތިސާދުގެ ތެރެއިން ޒުވާނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް "ފްރީލާންސް" މަސައްކަތްތެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިތައް ހޯދައިދިނުމުގެ މަސައްކަތްވެސް ދަނީ ބާރުދުވެލީގައި ކުރިއަށް.

16 ދުވަސް ކުރިން - 14:05

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

އެމްޑީޕީގެ ސަރުކާރުގައި ޢަރަބިއްޔާގެ ދަރިވަރުން އެހެން އިނގިރޭސި މީޑިއަމް ސްކޫލްތަކާ އެއްކޮށްލައި، އެ ސްކޫލްގެ ޚާއްޞަ ޢަރަބި އިސްލާމީ ޝަޚްޞިއްޔަތު ނައްތާލަން އުޅުނު ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ޢަރަބިއްޔާގެ ޢިއްޒަތާއި ޤަދަރު އަލުން އަނބުރާ ހޯދައިދިނުން.

16 ދުވަސް ކުރިން - 13:08

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

ސަރުކާރަށް ކިތަންމެ ފާޑުކިއުމެއް އަމާޒުކުރެއްވި ނަމަވެސް، ގައުމީ މަސްލަހަތު އިސްކުރުމުގައި އެމްޑީޕީ އަށް ވުރެ މިހާރުގެ ރައީސަށް ފުރުސަތު ދެއްވުން މާ ރަނގަޅު ކަމަށް ޔާމީން ވަނީ ފާހަގަކުރައްވާފަ.

18 ދުވަސް ކުރިން - 12:40

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

ކުރީގެ ސަރުކާރުތަކުގެ އަމަލުތަކުން އިބުރަތް ހާސިލްކުރުމަށް އެދިވަޑައިގަންނަވަމުން، މިހާރު އިދިކޮޅުން ދައްކާ ވާހަކަތަކުގެ އޮށްޓަރެއް ނެތްކަމަށް ރައީސް ފާހަގަކުރެއްވި. އަދި ސިޔާސީ މަސްލަހަތަށްވުރެ ގައުމުގެ ހަމަޖެހުން އިސްކުރުމަކީ ތަރައްގީއަށް މުހިންމު ކަމެއް ކަމަށް އުކުޅަހުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި.

23 ދުވަސް ކުރިން - 08:44

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުން، އިގްތިސާދު ރަނގަޅުކުރުމާއެކު ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވި. މިހާރުވެސް 1,635 މަޝްރޫއެއް ކުރިއަށްދާއިރު، މި ސަރުކާރުން ވަނީ ކުރީގެ ސަރުކާރުތަކަށްވުރެ ގިނަ މަޝްރޫއުތައް ކުރު މުއްދަތެއްގައި ނިންމާފައެވެ. ރައީސް ވިދާޅުވީ އަމާޒަކީ ރައްޔިތުން އިގްތިސާދީގޮތުން ބާރުވެރިކުރުވުން ކަމަށް.

23 ދުވަސް ކުރިން - 08:35

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

ރާއްޖެއިން ވެސް ބޭރުގެ ފިއްތުންތަކާއި އެކު، ޤައުމުގެ މުސްތަގުބަލަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ކުރަމުން، ރާއްޖެ އިން ދައްކަން ޖެހޭ ލޯނުތަކާއި މާލީ އިލްތިޒާމުތައް ކަށަވަރު ކުރަމުންދާ ކަން ރައީސް ފާހަގަ ކުރެއްވި.

23 ދުވަސް ކުރިން - 12:45

"މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ"

"މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ"

އުކުޅަހުގައި ބޭއްވި އޮޑިޓް ސިމްޕޯޒިއަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން އިސްކޮށްގެން ކަމަށް. އަދި ބޭރުގެ ފިއްތުންތަކާއެކުވެސް ރާއްޖެއިން މާލީ އިލްތިޒާމުތައް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްދެއްވާފަ.

23 ދުވަސް ކުރިން - 12:16

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

މި ދަތުރުފުޅުގައި ބައިނަލްއަގްވާމީ އޮޑިޓް ސަމިޓްތަކެއްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލުކުރައްވާނެ. އަދި ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ހަފުލާތަކުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ލާބައަށް ކުރެވޭ މަސައްކަތްތައް ބައްލަވާލައްވާނެ.

24 ދުވަސް ކުރިން - 11:01

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

މި ތާރީޚީ އިޞްލާޙު ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި، މިއީ ސިޔާސީ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވި.

25 ދުވަސް ކުރިން - 10:41

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

ދިވެހި ކަނޑުމަހަށް ކުރިން ތުރުކީން ނެގީ 60 ޕަސަންޓް ޑިއުޓީ. ރައީސް މުއިއްޒުގެ މަސައްކަތުން މިއަދުން ފެށިގެން އެއްވެސް ޑިއުޓިއެއް ނުނަގާނެ. މިއާއިއެކު މެދުއިރުމައްޗާއި ވިލާތުގެ ބާޒާރުތަކަށް ދިވެހި މަހާއި، އުފެއްދުންތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ.

27 ދުވަސް ކުރިން - 13:23

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގެ އުމުރުން 10 އަހަރުން މަތީގެ އާބާދީގެ ގާތްގަނޑަކަށް 272,000 މީހުން މިހާރުވެސް ވަނީ ޑިޖިޓަލް އައިޑީ ނިޒާމުގައި ރަޖިސްޓްރީ ކުރެވިފަ.

28 ދުވަސް ކުރިން - 07:19

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ރައީސް ވިދާޅުވީ މާލެއާއި ތިލަފުއްޓާ ދެމެދު ބުރިޖަކުން ގުޅާލެވުނު ކަމުގައިވިޔަސް، މުދާ އުފުލުމަށްޓަކައި ފެރީ ނިޒާމެއްގެ ތެރެއިން ކޮންޓެއިނާ ރޯރޯ ފެރީތައް ދަތުރުކުރާނެ ކަމަށް. ރައީސް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޕޯޓުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކޮށް ނިންމުން ކަމަށް.

30 ދުވަސް ކުރިން - 11:07

Previous12345Next