Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

ހުސައިން އިސްމާއިލް
49 ދުވަސް ކުރިން - 5 އޯގަސްޓް 2026 12:45
ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް ނިންމުމާއި، އައިޑީއައި ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަހަކަފުޅު ދައްކަވަނީ.
ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް ނިންމުމާއި، އައިޑީއައި ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަހަކަފުޅު ދައްކަވަނީ.
ޚުލާސާ

ރާއްޖެއިން ވެސް ބޭރުގެ ފިއްތުންތަކާއި އެކު، ޤައުމުގެ މުސްތަގުބަލަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ކުރަމުން، ރާއްޖެ އިން ދައްކަން ޖެހޭ ލޯނުތަކާއި މާލީ އިލްތިޒާމުތައް ކަށަވަރު ކުރަމުންދާ ކަން ރައީސް ފާހަގަ ކުރެއްވި.

ބައިނަލްއަޤުވާމީ ގޮތުން ކުރިމަތިވަމުންދާ ނުތަނަވަސްކަމާއި ބޭރުގެ އެކި ފިއްތުންތަކާ އެކުގައިވެސް، ދިވެހިރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް ސަރުކާރުން ބަރާބަރަށް އަދާކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސިޑްސްގެ ގިނަ ޤައުމުތަކަކީ ބޮޑެތި ދަރަނިތައް މެނޭޖުކުރަމުން މުސްތަގުބަލަށްޓަކައި އިންވެސްޓް ކުރަންޖެހިފައިވާ ނާޒުކު ޤައުމުތަކެއް ކަމަށެވެ. އަދި ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައިގެން ތިބެ، ކުއްލި ޙާލަތްތަކާ ކުރިމަތިލަމުން، އިގުތިސާދީ ކުރިއެރުން ދަމަހައްޓަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ރާއްޖެއިންވެސް ބޭރުގެ ފިއްތުންތަކާއެކު، ޤައުމުގެ މުސްތަގުބަލަށް ކުރަންޖެހޭ އިންވެސްޓްމަންޓްތައް ކުރަމުން، ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކާއި މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުންދާ ކަމަށެވެ. ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދައުލަތުގެ މާލިއްޔަތަށް ދޭ ކޮންމެ ފައިސާއަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަދަށްވުރެ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކޮށް ޖަވާބުދާރީވުން ވަރުގަދަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް. ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުން،
ރައީސް ވިދާޅުވިއެވެ.

އަދި ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި، އެއީ ޤައުމު ކުރިއެރުމުގެ އަސާސްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަޒީރާ ޤައުމެއްގެ ގޮތުން ރާއްޖެއަށް ދިމާވާ އިދާރީ އަދި މުވާސަލާތީ ގޮންޖެހުންތަކަށް އޮތް ހައްލަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ސަރުކާރުން ފައްޓަވާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން، ޒަމާނީ އަދި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ޑިޖިޓަލް ދައުލަތެއް ބިނާކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސިޑްސްސިޑްސް-އެސް.އޭ.އައި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސައުދީގެ 96 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާއާއެކު ރާއްޖޭގެ ތަރައްގީގައި އެގައުމުގެ ހިއްސާ ބޮޑުކަން ރައީސް ފާހަގަކުރައްވައިފި

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

17 ގަޑިއިރު ކުރިން - 12:01

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި

17 ގަޑިއިރު ކުރިން - 12:00

ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާންވީ މާލީ ނިޒާމު ބަދަލުކުރަން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ. ގެ ވެރިޔާ އެއްގަލަކަށް!

އދ. ރިފޯމްކުރުމަށް ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ.ގެ ވެރިޔާ އެއްގަލަކަށް!

21 ގަޑިއިރު ކުރިން - 08:00

ޝެއިހް އަހްމަދު ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޝެއިހް އަހްމަދު ބިން ރާޝިދު އަލް-މަހްތޫމް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

2 ދުވަސް ކުރިން - 17:58

ރަސްމާލެ ތަރައްގީކުރާ ކުންފުނީގެ ހަރަދުގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އަޅަނީ

ރަސްމާލެ ތަރައްގީކުރާ ކުންފުނީގެ ހަރަދުގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އަޅަނީ

2 ދުވަސް ކުރިން - 17:30

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 21:00