Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ: ރައީސް

ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 5 އޯގަސްޓް 2026 12:16
ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އުކުޅަހުގައި ބޭއްވި އޮޑިޓް ސިމްޕޯޒިއަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން އިސްކޮށްގެން ކަމަށް. އަދި ބޭރުގެ ފިއްތުންތަކާއެކުވެސް ރާއްޖެއިން މާލީ އިލްތިޒާމުތައް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްދެއްވާފަ.

ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް، އަދި ތަރައްޤީގެ ބައިވެރިން ފޯރުކޮށްދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އއ. އުކުޅަހުގައި ބޭއްވި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މުސްތަގުބަލުގެ ޖީލުތަކަށް ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި ނަޒާހަތްތެރިކަން އިތުރުކޮށް، ޖަވާބުދާރީކުރުވުމާއި ދެފުށްފެންނަ އުސޫލުތައް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ ގައުމީ އިސްތިރާޖީ މުދަލެއްގެ އިތުރުން ކުރިއެރުމުގެ އިންޖީނު ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

Advertisement

Advertisement 1

ހަގީގީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުން ކަމަށެވެ. މި މަސައްކަތުގައި ދައުލަތުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ނުވަތަ 'ސިޑްސް' އަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިފަދަ ގައުމުތަކަކީ ދަރަނި މެނޭޖުކުރަމުން އިގުތިސާދީ ކުރިއެރުން ދަމަހައްޓަން މަސައްކަތްކުރާ ގައުމުތަކެއް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ނުތަނަވަސްކަމާއި ބޭރުގެ ފިއްތުންތަކާއެކުވެސް، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރަމުންދާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ޖޯގުރަފީ ގޮންޖެހުންތަކުގެ ހައްލު ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން 'މޯލްޑިވްސް 2.0' މެދުވެރިކޮށް ޒަމާނީ ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2026-2029 ގެ ސްޓްރެޓީޖިކް ޕްލޭން ވެސް އިފުތިތާހުކޮށްދެއްވާފައެވެ.

އއ. އުކުޅަހުގައި ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި ކުދި ޖަޒީރާ ގައުމުތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ގައުމުތަކުގެ ގާބިލިއްޔަތު އިތުރުކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއއ. އުކުޅަސްސިޑްސް-އެސް.އޭ.އައި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

12 ގަޑިއިރު ކުރިން - 12:45

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

14 ގަޑިއިރު ކުރިން - 11:01

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

1 ދުވަސް ކުރިން - 10:41

ތުރުކީ ބާޒާރު ދިވެހި މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

4 ދުވަސް ކުރިން - 13:23

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

4 ދުވަސް ކުރިން - 07:19

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

6 ދުވަސް ކުރިން - 11:07