Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
14 ގަޑިއިރު ކުރިން - 30 ޖުލައި 2026 11:07
ނެޝަނަލް ޗެޓް ޕްރޮގްރާމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނެޝަނަލް ޗެޓް ޕްރޮގްރާމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މާލެއާއި ތިލަފުއްޓާ ދެމެދު ބުރިޖަކުން ގުޅާލެވުނު ކަމުގައިވިޔަސް، މުދާ އުފުލުމަށްޓަކައި ފެރީ ނިޒާމެއްގެ ތެރެއިން ކޮންޓެއިނާ ރޯރޯ ފެރީތައް ދަތުރުކުރާނެ ކަމަށް. ރައީސް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޕޯޓުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކޮށް ނިންމުން ކަމަށް.

މާލޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަރުދަނާކޮށް، ތަރުތީބުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޕޯޓުގެ މުޅި އޮޕަރޭޝަނުގެ ގާތްގަނޑަކަށް 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމިގެންދާއިރު، ބުރިޖު ގޮސް ނިމޭނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގެ އެއްބައި ހާއްސަ ކުރެވޭނީ ޕޯޓުގެ މަސައްކަތްތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ސަބަބުން މާލޭގައި މިހާރު ހިންގަމުން އަންނަ ޕޯޓުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުވެގެންދާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި، މާލެއާއި ތިލަފުއްޓާ ދެމެދު ބުރިޖަކުން ގުޅާލެވުނު ކަމުގައިވިޔަސް، މުދާ އުފުލުމަށްޓަކައި ފެރީ ނިޒާމެއްގެ ތެރެއިން ކޮންޓެއިނާ ރޯރޯ ފެރީތައް ދަތުރުކުރާނެއެވެ. މީގެ ސަބަބުން މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ބަދަލާއެކު އަމިއްލަ ވިޔަފާރިތަކަށް ނުވަތަ ޕްރައިވެޓް ސެކްޓަރ އަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށީގައި ފިހާރަތައް ހުޅުވުމުގެ ފުރުސަތު ލިބި، ވިޔަފާރިވެރިންނަށް މުދާ ގުދަންކުރުމާއި ވިއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޕޯޓުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކޮށް ނިންމުން ކަމަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިކޮނޮމިކް މިނިސްޓްރީން ހިއްސާކުރަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމްޕީއެލްކ. ތިލަފުށިރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

1 ގަޑިއިރު ކުރިން - 01:05

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

16 ގަޑިއިރު ކުރިން - 09:54

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައިވެސް މަސައްކަތް ކުރިން: ރައީސް

16 ގަޑިއިރު ކުރިން - 09:10

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށް ވުން އެކަށީގެންވޭ: ރައީސް

މާލޭގެ މަގުތައް ހެދުމަކީ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށްވުން އެކަށީގެންވޭ: ރައީސް

1 ދުވަސް ކުރިން - 01:33

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 15:06

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

3 ދުވަސް ކުރިން - 14:06