Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ރައްޔިތުންގެ މަޖިލިސް

ކުޑަކުއްޖަކަށް ވޭޕް ދީފިނަމަ ބައިލައްކަ ރުފިޔާގެ ޖޫރިމަނާ

ކުޑަކުއްޖަކަށް ވޭޕް ދީފިނަމަ ބައިލައްކަ ރުފިޔާގެ ޖޫރިމަނާ

ރާއްޖޭގައި ވޭޕް މަނާކުރުމަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ދިނުން މަނާކޮށް، 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުށަހަޅައިފި. މީގެ އިތުރުން ވޭޕް ބޭނުންކުރުމާއި ވިއްކުމަށްވެސް ޖޫރިމަނާ ކަނޑައަޅައިފައިވޭ.

684 ދުވަސް ކުރިން - 17:50

އަބްދުލްޣަފޫރުގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެެނެސްފި

އަބްދުލްޣަފޫރުގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެެނެސްފި

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޣަފޫރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އޭނާގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައި.

685 ދުވަސް ކުރިން - 11:47

ދޮގު މަޢުލޫމާތަކީ ޑިމޮކްރަސީއަށް ގޮންޖެހުމެއް: އަބްދުއްރަހީމް

ދޮގު މަޢުލޫމާތަކީ ޑިމޮކްރަސީއަށް ގޮންޖެހުމެއް: އަބްދުއްރަހީމް

ދޮގު މަޢުލޫމާތާއި އޮޅުވާލުމުގެ ގޮތުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް، ޤާނޫނު ހަދާ މަޖިލިސްތަކުގެ މަސްއޫލިއްޔަތުތަކަށް ރިޢާޔަތްކޮށް، ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ ޤަވާޢިދުތައް އެކުލަވާލުމަކީ މުހިންމުކަމެއް ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވި

685 ދުވަސް ކުރިން - 21:17

މުރައިދޫގޭ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރަން ފާސްކޮށްފި

މުރައިދޫގޭ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރަން ފާސްކޮށްފި

މިއަދު ހަވީރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މުވައްޒަފުންގެ ވަނަވަރާއި، މުސާރަ އަދި މުވައްޒަފުންގެ ޢަދަދު ހާމަކުރުމަށް ހުށަހެޅި ސިޓީގައި އެދިފައިވާ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް ފާސްކޮށްފައިވޭ. މި ހުށަހެޅުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު.

685 ދުވަސް ކުރިން - 17:50

މުރައިދޫގޭ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް އިތުރު މަޝްވަރާކުރަނީ

މުރައިދޫގޭ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް އިތުރު މަޝްވަރާކުރަނީ

މުރައިދޫގޭ މުވައްޒަފުންގެ މަޢުލޫމާތު ސިއްރުކުރަން 241 ކޮމިޓީން ނިންމި ނިންމުން އަލުން މުރާޖަޢާކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މައްސަލައިގައި އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވޭ.

685 ދުވަސް ކުރިން - 15:11

ކުރީގެ މަޖިލިސް މެންބަރު އަބްދުލްޣަފޫރު އަވަހާރަވެއްޖެ

ކުރީގެ މަޖިލިސް މެންބަރު އަބްދުލްޣަފޫރު އަވަހާރަވެއްޖެ

އަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް. އޭނާ ވަނީ މަޖިލީހުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި.

685 ދުވަސް ކުރިން - 14:55

އެއާޕޯޓު ޓެކްސް ބޮޑުކުރަނީ

އެއާޕޯޓު ޓެކްސް ބޮޑުކުރަނީ

ސަރުކާރުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ނިންމައިފި. ނަމަވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ ޓެކުހަށް ބަދަލެއް ނާންނާނެ.

686 ދުވަސް ކުރިން - 13:33

ކުރީގެ ޗައިނާ ސަފީރު އަޒީމާ އިންޑިއާ ސަފީރުކަމަށް

ކުރީގެ ޗައިނާ ސަފީރު އަޒީމާ އިންޑިއާ ސަފީރުކަމަށް

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އިބްރާހިމް ޝަހީބުގެ ދައުރު ހަމަވާތީ، އެ މަޤާމަށް އާއިޝަތު އަޒީމާ އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ.

686 ދުވަސް ކުރިން - 12:57

މަޖިލީހުގެ ތިންވަނަ ދައުރު ފަސްކޮށްފި

މަޖިލީހުގެ ތިންވަނަ ދައުރު ފަސްކޮށްފި

މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން. އައު ވީޑިއޯރޫމްގެ މަސައްކަތް ވަރަށް އަވަހަށް ނިންމުމަށް މަޖިލިސް އިދާރާއިން ދަނީ މަސައްކަތް ކުރަމުން

693 ދުވަސް ކުރިން - 17:21

އެމްޑީޕީގެ ދޮގު ބަނދިވަރު ރައްޔިތުން ދެން ޤަބޫލެއް ނުކުރާނެ: ހުސެންބެ

އެމްޑީޕީގެ ދޮގު ބަނދިވަރު ރައްޔިތުން ދެން ޤަބޫލެއް ނުކުރާނެ: ހުސެންބެ

ހުސެންބެ ވިދާޅުވި ގޮތުގައި، ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ ކުންފުންޏަކަށް ދޭ 7 ބިލިއަން ރުފިޔާއަކީ ރިޝްވަތު ނެގުމަށް ކަމަށް އަހުމަދު އީސާ ބުނެފައިވާ ބުނުމަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް. އަދި އެމްޑީޕީން ވެރިކަމުގައި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ވީ ވަޢުދުތައް ނުފުއްދާ ކަމަށްވެސް ހުސެންބެ ވަނީ ފާހަގަކުރައްވާފައި.

712 ދުވަސް ކުރިން - 20:34

މަޖިލީހުގެ 3 ވަނަ ދައުރު އޮކްޓޯބަރު 7 ގައި ފަށަނީ

މަޖިލީހުގެ 3 ވަނަ ދައުރު އޮކްޓޯބަރު 7 ގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ 7 ގައި ފެށުމަށް ނިންމާފައިވާއިރު، އަބްދުއްރަހީމް މިއަދު ވިދާޅުވެފައިވަނީ، ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި އެޖެންޑާގައި ހިމެނޭ އެންމެހައި މަސައްކަތްތައް މިއަދުގެ ޖަލްސާގައި ފުރިހަމަކޮށް ނިންމާލެވިފައިވާ ކަމަށް.

713 ދުވަސް ކުރިން - 13:37

ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބާއްވަންދޭ މުއްދަތު ކުރުކުރުމަށް މަޖިލީހުން ނިންމައިފި

ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބާއްވަންދޭ މުއްދަތު ކުރުކުރުމަށް މަޖިލީހުން ނިންމައިފި

މިއަދު ބޭއްވުނު މަޖިލީސް ޖަލްސާގައި ވަނީ ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމާ ގުޅޭ މުއްދަތުތައް ކުރުކުރުމަށް ހުށަހެޅުނު އިޞްލާޙު ފާސްކޮށްފައި. މި އިޞްލާޙުގެ ދަށުން، ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ދަޢުވަތު ދޭންޖެހޭނެ. އަދި ޚާއްޞަ އާންމު ޖަލްސާއަށް 7 ދުވަސް ކުރިން ނޯޓިސް ދޭންޖެހޭނެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރެއްވުމުން.

713 ދުވަސް ކުރިން - 13:30

Previous12345Next