ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޣަފޫރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އޭނާގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަބްދުލްޣަފޫރު އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް ކުރެއްވި ބޭފުޅެކެވެ.
އަބްދުލްޣަފޫރު މަޖިލީހުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.









