Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ރައްޔިތުންގެ މަޖިލިސް

ޕީޖީއަކަށް އައްބާސް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ޕީޖީއަކަށް އައްބާސް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި. މަޖިލީހުގެ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން މި ނިންމުން ވަނީ މިއަދު ފާސްކޮށްފައި.

713 ދުވަސް ކުރިން - 13:21

ދިވެހި ދިދައާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރުމަށް ގާނޫނެއް

ދިވެހި ދިދައާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރުމަށް ގާނޫނެއް

ދިވެހި ދިދައާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރުމަށް ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެއްޖެ. މި ގާނޫނުގެ ދަށުން ދިވެހި ދިދައާއި ދައުލަތުގެ ނިޝާނަށް ގާނޫނީ ހިމާޔަތް ލިބި، އޭގެ އިންތަކާއި މިންތައް ކަނޑައެޅޭނެ.

Previous12345Next

713 ދުވަސް ކުރިން - 09:40

ޕީޖީގެ މަޤާމަށް އައްބާސް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައިފި

ޕީޖީގެ މަޤާމަށް އައްބާސް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައިފި

ޕީޖީގެ މަޤާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް އެ ކޮމިޓީން ނިންމީ އެކަމަށްޓަކައި މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އައްބާސްއާ އިންޓަވިއު ކުރުމަށްފަހު. އިންޓަވިއުއަށް ފަހު ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު ވިދާޅުވީ އައްބާސް އާ މެދު އާންމުންގެ ޝަކުވާއަށް ހުޅުވާލުމުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި، އިންޓަވިއު އިން އެވްރެޖްކޮށް އޭނާ އަށް 93.91% ލިބިފައިވާ ކަމަށް.

714 ދުވަސް ކުރިން - 15:30

ކުންފުނީގެ ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ކުންފުނީގެ ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު. މި ބިލު މަޖިލީހަށް ބަލައިގަތީ 77 މެމްބަރުންގެ ވޯޓުން. އެގޮތުން އެ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ވަނީ ބިލު ދިރާސާކޮށް ފާސްކޮށްފައި.

714 ދުވަސް ކުރިން - 14:19

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

ސައުދުﷲ ވިދާޅުވީ ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ކަމަށް. ކުންފުނީގެ ޤާނޫނަށް ގެންނަ އިސްލާހުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި އަދި މި އިސްލާހުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސައުދުﷲ ވިދާޅުވި.

714 ދުވަސް ކުރިން - 13:59

ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ 10 ދުވަހުގެ ތެރޭގައި ބޭއްވުމަށް އިޞްލާޙެއް

ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ 10 ދުވަހުގެ ތެރޭގައި ބޭއްވުމަށް އިޞްލާޙެއް

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވަނީ ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ދެވޭ މުއްދަތު 3 މަހުން 10 ދުވަހަށް ކުރުކުރުމަށް ހުށަހަޅާ އިޞްލާޙެއް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައި. މި އިޞްލާޙުގެ ދަށުން، ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ދަޢުވަތު ދޭންޖެހޭނެ.

715 ދުވަސް ކުރިން - 15:50

ދިމްޔާތުން ފައިސާ ބަހައޭ ކިޔައި ދޮގު ޚަބަރު ފެތުރުމުގެ މޭސްތިރިޔަކީ ޔާމީން - ޕީޖީ ލީޑަރު ފަލާހު

ދިމްޔާތުން ފައިސާ ބަހައޭ ކިޔައި ދޮގު ޚަބަރު ފެތުރުމުގެ މޭސްތިރިޔަކީ ޔާމީން - ޕީޖީ ލީޑަރު ފަލާހު

ކުރީގެ ރައީސް ޔާމީނާއި އަދަދު ގެ ވެރިޔާ ފިޔާޒު ދޮގު ފަތުރާ ކަމަށް ތުހުމަތުކޮށް ، ޕީއެންސީއާއި ގުޅޭ ކޮރަޕްޝަންގެ ދައުވާތައް ފަލާހު ވަނީ ދޮގުކޮށްފަ. މި ދޮގު ތުހުމަތުތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުންދާކަން ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދީފަ އެވެ.

718 ދުވަސް ކުރިން - 11:04

ޕީޖީގެ މަޤާމަށް ޢައްބާސް އައްޔަންކުރުމާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ޕީޖީގެ މަޤާމަށް ޢައްބާސް އައްޔަންކުރުމާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ޢައްބާސް ޝަރީފާއި އިންޓަވިއު ކުރުމަށް ހޯމަ ދުވަހު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި. ޕްރޮސެކިއުޓަރ އައްބާސް އައްޔަންކުރުމާއި ގުޅޭގޮތުން ޝަކުވާތައް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް.

718 ދުވަސް ކުރިން - 00:37

ޕީޖީ އައްޔަން ކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

ޕީޖީ އައްޔަން ކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

އަލްއުސްތާޒު ހުސައިން ޝަމީމް މަގާމުން ދުރުކުރުމާ ގުޅިގެން އާ ޕްރޮސިކިއުޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޕާލަމެންޓްގެ ޖަލްސާއެއް އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި. ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މަގާމަށް 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަން ޖެހޭނެ.

721 ދުވަސް ކުރިން - 14:16

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

މި ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ޤައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްޤީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ޤާނޫނު އިޞްލާޙުކޮށްފައިވޭ

721 ދުވަސް ކުރިން - 17:11

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ނެގުމުގެ އުސޫލު ބަދަލުކޮށްފި

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ނެގުމުގެ އުސޫލު ބަދަލުކޮށްފި

އިޞްލާޙުގެ ދަށުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު 49 އަހަރަށް އިތުރުކުރެވޭ. ހަ މަސް ތެރޭގައި ފީ ދައްކާނަމަ 5 މިލިއަން ޑޮލަރު، އަދި ހަ މަސް ފަހުން ދައްކާނަމަ 10 މިލިއަން ޑޮލަރު. ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ދެއްކުމުގެ މުއްދަތު ކުރިން އޮތް 2 އަހަރުން 6 މަހަށް ކުރުކޮށްފައިވޭ. މިހާރު 6 މަސް ތެރޭގައި ފީ ދައްކާނަމަ އަހަރަކަށް 100،000 ޑޮލަރު، 6 މަސް ފަހުން ދައްކާނަމަ އަހަރަކަށް 200،000 ޑޮލަރު ދައްކަންޖެހޭ

731 ދުވަސް ކުރިން - 07:14

ޕީޖީއަކު އައްޔަން ކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާ ބާއްވަނީ

ޕީޖީއަކު އައްޔަން ކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާ ބާއްވަނީ

ފުރަތަމައީ ރައީސް ހުށަހަޅުއްވާ ނަންފުޅު މަޖިލީހަށް އިއްވުމަށް ބާއްވާ ޖަލްސާ ކަމަށްވާއިރު ދެވަނަ ޖަލްސާގައި އޮންނާނީ ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅާ އަދި އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ބާއްވާ ޖަލްސާ

738 ދުވަސް ކުރިން - 15:12