Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ނެގުމުގެ އުސޫލު ބަދަލުކޮށްފި

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ނެގުމުގެ އުސޫލު ބަދަލުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
686 ދުވަސް ކުރިން - 30 އޯގަސްޓް 2024 07:14
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

އިޞްލާޙުގެ ދަށުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު 49 އަހަރަށް އިތުރުކުރެވޭ. ހަ މަސް ތެރޭގައި ފީ ދައްކާނަމަ 5 މިލިއަން ޑޮލަރު، އަދި ހަ މަސް ފަހުން ދައްކާނަމަ 10 މިލިއަން ޑޮލަރު. ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ދެއްކުމުގެ މުއްދަތު ކުރިން އޮތް 2 އަހަރުން 6 މަހަށް ކުރުކޮށްފައިވޭ. މިހާރު 6 މަސް ތެރޭގައި ފީ ދައްކާނަމަ އަހަރަކަށް 100،000 ޑޮލަރު، 6 މަސް ފަހުން ދައްކާނަމަ އަހަރަކަށް 200،000 ޑޮލަރު ދައްކަންޖެހޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު (އަވަސް އަބުޅޯ) އެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އެއްވެސް ބަދަލެއް ނެތި މި ބިލު މަޖިލީހުން ފާސްކޮށްފައެވެ. ރައީސް ތަޞްދީޤު ކުރެއްވުމާ ގުޅިގެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މި އިޞްލާޙުގެ ދަށުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ދެއްކުމުގެ މުއްދަތު ކުރިން އޮތް 2 އަހަރުން 6 މަހަށް ކުރުކޮށްފައިވެއެވެ. އަދި ފީ ދެއްކުމުގެ އޮނިގަނޑުވެސް ބަދަލުކޮށްފައިވެއެވެ. މިގޮތުން 6 މަސް ތެރޭގައި ފީ ދައްކާނަމަ އަހަރަކަށް 100،000 ޑޮލަރު، އަދި 6 މަސް ފަހުން ދައްކާނަމަ އަހަރަކަށް 200،000 ޑޮލަރު ދައްކަންޖެހޭނެއެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށް ފަސޭހަކަން ގެނައުމެވެ. ކުއްޔަށް ހިފާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، ކުލީގެ މުއްދަތު 49 އަހަރަށް އިތުރުކުރެވޭނެއެވެ.

Advertisement

Advertisement 1

މުއްދަތު އިތުރުކުރުމުގެ ފީ ދެއްކުމަށް އޮތް ގަވާއިދުވެސް ބަދަލުކުރެވިފައިވެއެވެ. މިގޮތުން ހަ މަސް ތެރޭގައި ފީ ދައްކާނަމަ 5 މިލިއަން ޑޮލަރު، އަދި ހަ މަސް ފަހުން ދައްކާނަމަ 10 މިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ.

މި ބަދަލުތަކުން ކުއްޔަށް ހިފާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބި، އަވަހަށް ފީ ދެއްކުމަށް ހިތްވަރު ލިބޭނެކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލިސްޓޫރިޒަމް މިނިސްޓްރީ
Ad
Ad

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

2 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

9 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

9 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

21 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

40 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

41 ދުވަސް ކުރިން - 12:12

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%