ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް މ. ބީނާފުށި، އައިޝަތު އަޒީމާ އައްޔަންކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުށަހަޅުއްވާފައެވެ. މިދިޔަ ސަރުކާރުގައި އަޒީމާ ހުންނެވީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.
މިހާރުގެ ސަފީރު އިބްރާހިމް ޝަހީބުގެ ތިން އަހަރުގެ ދައުރު ގާތްގަނޑަކަށް ހަމަވެފައިވާތީ، އަޒީމާގެ ނަން ހުށަހެޅުއްވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
އާއިޝަތު އަޒީމާ މިހާރު ފުރުއްވަމުން ގެންދަވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމެވެ. އޭގެ ކުރިން 2019 އިން 2023 އަށް އޭނާ ވަނީ ޗައިނާގައި ރާއްޖޭގެ ސަފީރުކަން ކުރައްވާފައެވެ.
ފާއިތުވި ހަފްތާގައި ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ފަސް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މިދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށާއި ދަރަނި ދެއްކުމަށް އެހީތެރިވެދޭނެ ދަތުރުފުޅެއް ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.









