
ފާއިޒަކީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް. މީގެ ކުރިން އެމްޓީޑީސީ އާއި އެސްޓީއޯގެ ޗެއާމަންކަން ކުރެއްވި ފާއިޒަކީ އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލުކުރައްވައި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް ގިނަ ޖަމްއިއްޔާތަކެއް އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް.
8 ދުވަސް ކުރިން - 16:35
ޕީސީބީން ބުނީ ދާނިޝް މަޤާމުން ވަކިވެވަޑައިގަތުމަށް އިސްތިއުފާ ހުށަހެޅުއްވުމުން، އެކަން ޤަބޫލުކޮށް މިއަދުން ފެށިގެން އޭނާ ވަނީ މަޤާމުން ވަކިކޮށްފައި ކަމަށް. އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވޭ.
8 ދުވަސް ކުރިން - 15:54
2018 ވަނަ އަހަރު ކުންފުނި ތަކުގައި ތިބީ 18,676 މުވައްޒަފުން. ކޮންމެ އިންތިހާބަކާއި ދިމާކޮށް އެމްޑީޕީ އިން އޭރު ވޯޓު ހޯދަންވެގެން ކުންފުނިތަކަށް މުވައްޒަފުން އިތުރުކޮށް، އެ ސަރުކާރުގެ ދައުރު ނިމުނުއިރު 2023 ގެ ނިޔަލަށް މި އަދަދު ވަނީ 36,729 އަށް އުފުލިފަ.
22 ދުވަސް ކުރިން - 10:56
28 ޖުލައި އިން ފެށިގެން މި މަގާމަށް އައްޔަނުކުރި ހާރިސްއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، ކުރީގެ ސްޓޭޓް މިނިސްޓަރެއް. އޭނާ މި މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު ނިޔާޒް ވަކިކުރުމާ ގުޅިގެން، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް.
42 ދުވަސް ކުރިން - 09:39
އަޙުމަދު ނިޔާޛު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ 23 ނޮވެމްބަރު 2023 ގައި. ނިޔާޒް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވޭ.
48 ދުވަސް ކުރިން - 16:25
ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރަންޖެހޭނެ ކަމަށް ޕީސީބީން ކުންފުނިތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވޭ. މީގެ މަގްސަދަކީ ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ހަރަދު ކުޑަ ގޮތެއް އިހްތިޔާރުކުރުމަށްވެސް ޕީސީބީގެ އެންގުމުގައިވޭ.
50 ދުވަސް ކުރިން - 17:50
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށް. އެމްޓީސީސީގެ ޗެއާޕާސަން ކަމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އަފީފް ހުސައިން.
77 ދުވަސް ކުރިން - 23:52
މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒައިނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގްގެ މަގާމުގައި. އޭނާ ވަނީ މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަގާމުވެސް ފުރުއްވާފަ. ޒައިނާ ވަނީ މެލޭޝިއާ އަދި އިންޑިއާއިން މަތީ ތައުލީމު ހާސިލުކޮށްފައި.
77 ދުވަސް ކުރިން - 10:27
ޕީސީބީގެ ރައީސްގެ މަގާމުން އަނަސް އިސްތިއުފާ ދެއްވާފައިވަނީ ދެންމެގެ ވަގުތެއްގައި. އަނަސް މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި.
132 ދުވަސް ކުރިން - 21:19
ނިޒާރު މި މަގާމަށް އައްޔަނުކުރައްވާފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން.
132 ދުވަސް ކުރިން - 20:06
އަނަސް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ކޮށްފައެއް ނުވޭ. އެ މަގާމަށް އަނަސް އައްޔަންކުރެއްވީ މާޗު 2025 ގައި.
132 ދުވަސް ކުރިން - 19:55
އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް.
134 ދުވަސް ކުރިން - 14:59
ޢަފީފަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް.
135 ދުވަސް ކުރިން - 15:09