ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ، ދޭލިޔާގޭ މުހައްމަދު އަނަސް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަނަސް މަގާމުން އިސްތިއުފާ ދެއްވީ ދާދި ދެންމެއަކު އެވެ. ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
އަނަސް އެ މަގާމުން އިސްތިއުފާ ދެއްވިއިރު ޕީސީބީގެ ރައީސް ކަމަށް ވަނީ މުހައްމަދު ނިޒާރު އައްޔަން ކުރައްވާފަ އެވެ.
އަނަސް ޕީސީބީގެ ރައީސް ކަމަށް އައްޔަނުކުރެއްވީ 13 މާޗް 2025 ގަ އެވެ. ޕީސީބީގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަނަސް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.
ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓައި، އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އުފައްދާފައިވާ މުހިންމު އިދާރާއެކެވެ.








