Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
67 ދުވަސް ކުރިން - 24 ޖޫން 2026 10:27
ޒައިނާ އަބްދުﷲ---
ޒައިނާ އަބްދުﷲ---
ޚުލާސާ

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒައިނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގްގެ މަގާމުގައި. އޭނާ ވަނީ މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަގާމުވެސް ފުރުއްވާފަ. ޒައިނާ ވަނީ މެލޭޝިއާ އަދި އިންޑިއާއިން މަތީ ތައުލީމު ހާސިލުކޮށްފައި.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް، ބޭންކިންގ ދާއިރާގެ ބޭފުޅެއްގެ ގޮތުގައި ގއ. ދާންދޫ، އަމާޒް، ޒައިނާ އަބްދުﷲ އައްޔަނުކުރައްވައިފިއެވެ.

ޒައިނާ އަކީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. ޕީސީބީގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގްގެ މަގާމުގައެވެ. އެ މަގާމުގައި އޭނާ ވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިންގ އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރެވޭ ފައިނޭންސިންގއާ ގުޅޭ މުހިންމު މަސައްކަތްތަކެއް އިސްކޮށް ބަލަހައްޓަވާފައެވެ.

މީގެ އިތުރުން، ޒައިނާ ވަނީ މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ. އެ މުއްދަތުގައި ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކާއި ބަޖެޓުތައް ދިރާސާކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި އޭނާ ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement 1

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ހާސިލުކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައިވެއެވެ.

ޒައިނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިންގ، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަރނަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ. ބޭންކިންގ ދާއިރާގެ އިތުރުން ދައުލަތުގެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާގައި އޭނާ ހޯއްދަވާފައިވާ ތަޖުރިބާގެ ސަބަބުން، ޕީސީބީގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

12 ދުވަސް ކުރިން - 10:56

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސް މުހައްމަދަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސްއަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

32 ދުވަސް ކުރިން - 09:39

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

38 ދުވަސް ކުރިން - 16:25

ސަރުކާރު ކުންފުނިތަކުގެ އޯޓީ އެލަވަންސް އެއްހަމަކުރުން: އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް

ސަރުކާރު ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު އެއްހަމަކުރަން ޕީސީބީން އަންގައިފި

40 ދުވަސް ކުރިން - 17:50

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

66 ދުވަސް ކުރިން - 23:52

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

121 ދުވަސް ކުރިން - 21:19