Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
118 ދުވަސް ކުރިން - 30 އޭޕްރިލް 2026 21:19
މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް---
މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް---
ޚުލާސާ

ޕީސީބީގެ ރައީސްގެ މަގާމުން އަނަސް އިސްތިއުފާ ދެއްވާފައިވަނީ ދެންމެގެ ވަގުތެއްގައި. އަނަސް މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އައްޔަނުކުރައްވައިފި އެވެ.

ގއ. ދެއްވަދޫ، ދޭލިޔާގޭ މުހައްމަދު އަނަސް މިފްކޯގެ ހިންގުމާ ހަވާލުވެވަޑައިގަތުމަށްޓަކައި، ޕީސީބީގެ ރައީސްކަމުގެ މަގާމުން ދެންމެގެ ވަގުތެއްގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަނަސް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީސީބީގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކުރައްވާފަ އެވެ.

މިފްކޯގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގަތް އަނަސް އަކީ މީގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ޕީސީބީގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހުގަ އެވެ.

Advertisement

Advertisement 1

ކޯޕަރޭޓް އަދި ތައުލީމީ ދާއިރާއަށް ބަލާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ އޮޑިޓް މެނޭޖަރުގެ މަގާމުގައި ހުންނަވައި، ރިސްކް މެނޭޖްމަންޓާ ގުޅޭ ކަންކަން ބަލަހައްޓަވާފައިވެ އެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު، ފިނޭންސް މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި، ސަރުކާރުގެ މަޝްރޫއުތަކުގެ މާލީ ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވައިލުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.

ތައުލީމީ ގޮތުން ބަލާއިރު، މުޙައްމަދު އަނަސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފަ އެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝަޔާއިން އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް އޮނާސްއާއެކު ބެޗްލަރ އޮފް އާޓްސް ހާސިލުކުރައްވާފައިވެ އެވެ. މީގެ އިތުރުން، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އިންތިޒާމުކުރި، ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި އިގްތިސާދީ ދިރާސާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކާއި ފޯރަމްތަކުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)މުހައްމަދު އަނަސް (މިފްކޯ ސީއީއޯ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

8 ދުވަސް ކުރިން - 10:56

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސް މުހައްމަދަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސްއަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

29 ދުވަސް ކުރިން - 09:39

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

34 ދުވަސް ކުރިން - 16:25

ސަރުކާރު ކުންފުނިތަކުގެ އޯޓީ އެލަވަންސް އެއްހަމަކުރުން: އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް

ސަރުކާރު ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު އެއްހަމަކުރަން ޕީސީބީން އަންގައިފި

36 ދުވަސް ކުރިން - 17:50

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

43 ދުވަސް ކުރިން - 13:41

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

63 ދުވަސް ކުރިން - 23:52