ސަރަހައްދު އިތުރަށް ވާނީ ނުރައްކާ ކަމަށާއި، އެފަދަ ހާލަތަކަށް ގޮސްފި ނަމަ ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް ނަބީލް ވިދާޅުވި
730 ދުވަސް ކުރިން - 09:39
މި ސަރަހައްދީ ރޮނގު ބަންދުކުރީ، އުރުދުންގެ ތެރެއިން ވަދެ ސަރަހައްދީ ރޮނގު ހުރަސްކޮށް ދިން ހަމަލާއެއްގައި 3 ޔަހޫދީން މަރުވުމުން އެކަމާއި ބިރުން.
731 ދުވަސް ކުރިން - 17:42
ބަންދު މީހުންނާއި އެމީހުންގެ އާއިލާތަކުގެ ގެތަކަށް ވަދެ ހައްދުފަހަނައެޅި އިސްރާއީލުގެ އަސްކަރީ މީހުން ވަނީ ފުޅާދާއިރާއެއްގައި ރެއިޑް ކޮށް ބައެއް ގެދޮރުތައް ބުލްޑޯޒަރުތަުން ތަޅައި ބިމާއި ހަމަކޮށްފައި
731 ދުވަސް ކުރިން - 14:32
ހަމަލާ އަމާޒުކުރީ އިސްރާއީލުގެ ހަނގުރާމަވެރި މަތިންދާބޯޓުން މީހުން ދިރިއުޅޭ ގެއަކަށް އަމާޒުކޮށް. މިހަމަލާގައި ދެ ކުޑަކުދިންނާއި 3 އަންހެނުން ޝަހީދުވި
732 ދުވަސް ކުރިން - 21:08
ވަރަށް ފަހުން ވެސް ފަލަސްތީނުގެ އާޓިސްޓަކު ޖަލަށް ގެންގޮސް ޓޯޗާކުރުމުގެ ސަބަބުން އޭނާ ދުނިޔެއިން މޮޔަވިކަން ބައިނަލްއަޤްވާމީ މަސްދަރުތަކުން ފާހަގަކޮށްފައިވައިރު، ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާއިން ވަނީ މިފަހަރު އިސްރާއީލުން ނެރުނު ވީޑިއޯގައިވާ ކަންތައްތަކާމެދު އދ.ގެ އަވަސް ތަހުގީގެއް ހިންގުމަށް ގޮވާލާފަ
732 ދުވަސް ކުރިން - 20:58
މިއަދު އެކި ތަންތަނަށް ދިން ހަމަލާތަކުގައި 13 މީހުން ޝަހީދުވިކަން ކަށަވަރުވެފައިވާއިރު އަދަދުތައް އިތުރުވާނެ ކަމަށް ބެެލެވޭ. މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާއިން ގާތްގަނޑަކަށް ދެ މިލިއަން މީހުން ގަދަކަމުން ގެދޮރުން ނެރެލާފަ. އޭގެތެރެއިން ބޮޑު ބައެއް ވަނީ މިސްރާ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ތޮއްޖެހިފައިވާ ސިޓީ ރަފާއަށް ބަދަލުވެފަ
733 ދުވަސް ކުރިން - 20:22
އަނިޔާވި މީހުން ޚާން ޔޫނިސް އަށް ގެންދަނިކޮށް އަނެއްކާވެސް އިސްރާއީލުން ހަމަލާތައް އަމާޒުކުރި. އެހަމަލާގައި ވެސް އެއްބަޔަކު ޒަހަމްވި ކަމުގެ ރިޕޯޓްތައް ލިބިފައިވޭ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 40،878 މީހުން ޝަހީދުވެފައިވާއިރު، 94،454 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ
733 ދުވަސް ކުރިން - 19:54
މިލިޓަރީ އިންޓެލިޖެންސް ޑިރެކްޓަރޭޓްގެ ރިސާޗް ޑިވިޝަންގެ އިސް އޮފިސަރަކާއި، ޣައްޒާ ޑިވިޝަންގެ ކޮމާންޑަރާއި، ގްރައުންޑް ފޯސްގެ ވެރިޔާ ވެސް ވަނީ މަގާމުން ވަކިވެފަ
735 ދުވަސް ކުރިން - 18:30
އދ.ގެ އެސެސްމެންޓް ޓީމުން ޖެނިންއަށް ވަނުން އިސްރާއީލުން ބަންދުކުރީ އެތަނުގއި އިސްރާއީލުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް އދ އަށް ފޮރުވުމަށް. ކަރަންޓާއި ފެނާއި އިންފްރާސްޓްރަކްޗަރ ތައް ހަލާކުވެފައި. ބޭހާއި އިންސާނީ އެހީ ފޯރުކޮށް ނުދެވޭތާ 8 ދުވަސް ވެއްޖެ
735 ދުވަސް ކުރިން - 15:26
އިސްރާއީލުން ފަލަސްތީނުގެ އެކި ތަންތަނުގައި ބާރުގެ ބޭނުންކޮށް ޖަރީމާތައް ހިންގަމުންދާއިރު މިއަދު ހެނދުނު މާތްވެގެންވާ މަސްޖިދުލް އަޤްޞާއަަށްވެސް ވަނީ ވަދެގެންފަ. އިސްރާއީލުގެ ގުރޫޕަކުން އަޤްޞާއަށް ވަނީ ހަތިޔާރު އެޅި ޔަހޫދީންގެ އެހީތެރިކަމާއެކު
736 ދުވަސް ކުރިން - 12:25
ހިބްރޫންގެ ހަބަރުތައް ބުނާ ގޮތުން މިސްކިތް ބަންދުކުރީ ޔަހޫދީންގެ ބަންދު ދުވަސްތަކުގެ ބަހަނާގަ. މިދިޔަ ޖުލައި މަހު ޔަހޫދީން ވަނީ މި މިސްކިތުގައި 43 ފަހަރު ނަމާދަށް ވެސް ހުރަސް އަޅާފަ
737 ދުވަސް ކުރިން - 12:36
ޔަހޫދީން ބޮން އަޅައި އިއްޔެ ޝަހީދު ކޮށްލީ ޚާން ޔޫނިސްއިން 3 މީހުންނާއި. ރަފާގެ އިރުމަތިން ދެ މީހުންނާއި، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރެއިޖް ކޭމްޕްގެ އިރުމަތިން އެކަކު އަދި އިރުދެކުނު ސަރަހައްދުގައި އޮންނަ އަލް ޒައިތޫން ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސަފާދު ސްކޫލަށް ބޮން އަޅައި 4 މީހުން
737 ދުވަސް ކުރިން - 07:04