ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ ހުޅަނގު އައްސޭރީން މަދުވެގެން 35 ފަލަސްތީނު މީހުން ބަންދުކޮށް އިސްރާއީލުގެ އަނިޔާވެރި ޖަލުތަކަށް ގެންގޮސްފައި ކަމަށާ، ހައްޔަރުކުރި މީހުންގެ ތެރޭޣައި އެއް އަންހެނަކު ވެސް ހިމެނޭކަމަށް ހަބަރުތައް ބުނެއެވެ.
ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީ (ޕީޕީއެސް) އާއި ފަލަސްތީނުގެ އޮތޯރިޓީގެ ކޮމިޝަން ފޯ ޕްރިޒަނަރސް އެންޑް އެކްސް ޕްރިޒަނަރސް އެފެއާޒް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބަންދު މީހުންނާއި އެމީހުންގެ އާއިލާތަކުގެ ގެތަކަށް ވަދެ ހައްދުފަހަނައެޅި އިސްރާއީލުގެ އަސްކަރީ މީހުން ވަނީ ފުޅާދާއިރާއެއްގައި ރެއިޑް ކޮށްފައެވެ.
މީގެއިތުރުން އެމީހުން ހިންގާ ރެއިޑްތަކުގައި ޢަމަލުކޮށްފައިވަނީ ވަަރަށް އަނިޔާވެރިކޮށް ކަމަށާއި ތަކެއްޗަށް ގެއްލުންދީ އިންޒާރު ދިނުމުގެ އިތުރުން ބައެއް ގެދޮރުތައް ބުލްޑޯޒަރުތަުން ތަޅައި ބިމާއި ހަމަކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ޕީޕީއެސްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ މި ނިޒާމީ ހައްޔަރުކުރުމުގެ އޮޕަރޭޝަން ތަކަކީ އިސްރާއީލުގެ ހިސާރުކުރުމުގެ މައިގަނޑު ސިޔާސަތަކަށް ވެފައިވާ ކަމަށާއި، މިހާރު ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ފެށުނު ފަހުން މިފަދަ އޮޕަރޭޝަންތައް އިހުނަށްވުރެ ވަރުގަދަވެފައިވާ ކަމަށެވެ.









