Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަތަންޔާހޫގެ ވާހަކަފުޅުން އަމާންކަމާއި ސުލްހައެއް ނުލިބޭނެ: ތަރުޖަމާނު ނަބީލް

ނަތަންޔާހޫގެ ވާހަކަފުޅުން އަމާންކަމާއި ސުލްހައެއް ނުލިބޭނެ: ތަރުޖަމާނު ނަބީލް

ޖަވާދު
721 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 09:39
ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ - ފޮޓޯ: ޕީއޭ
ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ - ފޮޓޯ: ޕީއޭ
ޚުލާސާ

ސަރަހައްދު އިތުރަށް ވާނީ ނުރައްކާ ކަމަށާއި، އެފަދަ ހާލަތަކަށް ގޮސްފި ނަމަ ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް ނަބީލް ވިދާޅުވި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކުގެ ސަބަބުން ސަލާމަތާއި ހަމަޖެހުން ނުލިބޭނެ ކަމަށް ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވެއްޖެ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ސުލްހައާއި ރައްކާތެރިކަން ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ ބައިނަލްއަގްވާމީ ޝަރުއީ ދާއިރާގެ ތެރެއިންނާއި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމްކުރުމުގެ ހައްގު ގަބޫލުކުރުމެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަފާހުން ފެށިގެން ޖެނިންއާ ހަމައަށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ ތާއީދު އޮންނަ އިސްރާއީލުން ކުރާ އަނިޔާތައް ކުރިއަށް ގެންދިއުމުން އެ ސަރަހައްދު އިތުރަށް ވާނީ ނުރައްކާ ކަމަށާއި، އެފަދަ ހާލަތަކަށް ގޮސްފި ނަމަ ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި ތަރުޖަމާނު އެ ވިދާޅުވީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެ އެންމެފަހުން އަރަބި ގައުމުތައް އިސްރާއީލާއި ދެކޮޅަށް ތެދުވާން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަމެއް ނުހުއްޓުވޭނެ ވާހަކައެވެ.

Advertisement

Advertisement 1

ރައީސްގެ ތަރުޖަމާނު ވިދާޅުވީ ހިސާރުކުރުމުގެ އަސްލު އަމާޒަކީ ގުދުސްގެ ސްޓޭޓަސް އާއި ގައުމީ އައިޑެންޓިޓީ ބަދަލުކޮށްލުން ކަމަށެވެ.

އިސްރާއީލާއި ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އާއި ދެމެދު އޮންނަ ގުޅުމަށް ބަލާލާއިރު، ޕީއޭ އުފެއްދީ 1994 ވަނަ އަހަރު އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ މަގުސަދުގައި އިސްރާއީލާއި ފަލަސްތީނު ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އާއި ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުންތަކުގެ ތެރެއިން ، އިންތިހާބު ކާމިޔާބުކުރި ހަމާސް އަކީ ފަލަސްތީނުގެ ސަރުކާރު ކަމަށް ބަލައިނުގަންނަން އިޒްރޭލާއިއެކު ޕީއޭ ބައިއަތު ހިފިއެވެ. ސަބަބަކީ ހަމާސް އަކީ އިސްރާއީލަށް ފަލަސްތީނުގެ ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދިނުމާއިމެދު ދެކޮޅުހަދާ ޖަމާއަތަކަށް ވާތީއެވެ. އިސްރާއީލުން ޕީއޭއަށް މާލީ އެހީއާއި ސަލާމަތީ ކޯޑިނޭޝަން ފޯރުކޮށްދެއެވެ.

ފަލަސްތީންއިސްރާއީލްބެންޖަމިން ނަތަންޔާހޫފަލަސްތީނު އޮތޯރިޓީ (ޕީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

8 ގަޑިއިރު ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ދުވަސް ކުރިން - 12:03