ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މިއަދު ހަވީރު ދެ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނޭ ގޮތަށް ފަލަސްތީނުގެ ފަސް މީހަކު ޝަހީދު ވެއްޖެއެވެ.
މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން މިސައިލްތައް އަމާޒުކޮށްފައި ވަނީ ނުސައިރަތު ކޭމްޕްގެ އިރުމަތީގައި އޮންނަ އަލްމަހްކަމާ މަގުގައި ހުންނަ ޢީދު އާއިލާއަށް ނިސްބަތްވާ ގެއަކަށެވެ. މި ހަމަލާގެ ސަބަބުން އާންމުންގެ ފަސް މީހުން ޝަހީދުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 40،939 މީހުން ޝަހީދުވެފައިވާއިރު، 40،939 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އިތުރު ހާހަކަށްވުރެ ގިނަ ހަށިގަނޑުތައް އިމާރާތްތަކުގެ ދަށުގައި ތާށިވެ ނުނެގިފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އިމަޖެންސީ އަދި ސިވިލް ޑިފެންސް ޓީމުތަކަށް އެތަންތަނަށް ނުވަދެވޭނެ ކަމުގެ ބިރު އެބައޮތެވެ.








