ތިން ޔަހޫދީން މަރައިލުމުން އުރުދުންއާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރި ގުޅޭ ސަރަހައްދީ ރޮނގު ބަންދުކޮށްފިއެވެ.
ފަލަސްތީނާއި އުރުދުންގެ ފަޅިންވެސް މި ސަރަހައްދު ބަންދުކޮށްފައިވާއިރު، މިއީ އުރުދުންގެ ތެރެއިން ވަދެގެންގޮސް ފަލަސްތީނުގައި ނަސްލު ނައްތަަލުމަށްޓަކައި ޖަރީމާތައް ހިންގަމުންދާ ހައްދުފަހަނައެޅި ޔަހޫދީންނަށް އަމާޒުކޮށް ހަމަލާ ދީފައިވާތީ އިސްރާއީލް ރައްޔިތުން ހިމާޔަތް ކުރުމަށް ކަމަށް ބުނެ ނިންމި ނިންމުމެކެވެ.
އުރުދުން ފަޅިން މި ސަރަހައްދު ބަންދުކުރީ އިސްރާއީލުގެ ސަރުކާރުގެ އެންގުމަށް ކަމަށް ހަބަރު ލިބެއެވެ. އުރުދުންއަކީ އިސްރާއީލާއި ގާތް ސިޔާސީ ގުޅުން ބާއްވާ އަރަބި ގައުމެކެވެ.
ހަބަރުތައް ބުނާ ގޮތުގައި ޔަހޫދީންނަށް އަމާޒުކޮށް މިޙަމަލާ ދީފައި ވަނީ އުރުދުން ކޯރުގެ މަތިން އެ ޤައުމުގެ އަލް-ކަރާމަތާއި ހުޅަނގު އައްސޭރީގެ އަރީޙާ ގުޅުވައިދޭ ޙުސައިން ރަސްގެފާނު ބުރިޖު (އެލެންބީ ބުރިޖު) މަތިން, ލޮރީއެއްގައި ހުޅަނގު އައްސޭރިއަށް އެތެރެވުމަށް ފަހުއެވެ. ޔަހޫދީން ތިބީ އެވަގުތު އެ ބުރިޖު މަތީގައެވެ. ޔަހޫދީން ވަނީ ހަމަލާދިން މުޖާހިދުގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.

ޙުސައިން ރަސްގެފާނު ބުރިޖުމަތިން ދިން ހަމަލާގައި މަރާލި 3 ޔަހޫދީން









