Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުން ޣައްޒާގެ އެކި ތަންތަނުގައި 10 މީހުން ޝަހީދު ކޮށްލައިފި

އިސްރާއީލުން ޣައްޒާގެ އެކި ތަންތަނުގައި 10 މީހުން ޝަހީދު ކޮށްލައިފި

ޖަވާދު
737 ދުވަސް ކުރިން - 2 ސެޕްޓެންބަރު 2024 07:04
އިސްރާއީލުން ޣައްޒާގެ އެކި ތަންތަނުގައި 10 މީހުން ޝަހީދު ކޮށްލައިފި
ޚުލާސާ

ޔަހޫދީން ބޮން އަޅައި އިއްޔެ ޝަހީދު ކޮށްލީ ޚާން ޔޫނިސްއިން 3 މީހުންނާއި. ރަފާގެ އިރުމަތިން ދެ މީހުންނާއި، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރެއިޖް ކޭމްޕްގެ އިރުމަތިން އެކަކު އަދި އިރުދެކުނު ސަރަހައްދުގައި އޮންނަ އަލް ޒައިތޫން ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސަފާދު ސްކޫލަށް ބޮން އަޅައި 4 މީހުން

އިސްރާއީލުން އިއްޔެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅައި، ޣައްޒާ ސިޓީގައި މީހުން ގެދޮރު ދޫކޮށް ދިޔަ ސްކޫލަކަށް އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ދިހަ އާންމުން މަރުވެ ދިހަވަރަކަށް މީހުން ޒަހަމް ވެސް ކޮށްލައިފިއެވެ.

ޣައްޒާ ސިޓީގެ ޢާންމު އެކި މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ފައިޓާ ޖެޓުތަކުން ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް މަވާސީ ސަރަހައްދަށް ބޮން އަޅަައި ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވެ އެވެ.

މީގެ އިތުރުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ރަފާގެ އިރުމަތީ އަބޫ ހަލާވާ ސަރަހައްދަށް ބޮން އަޅައި ދެ ރައްޔިތަކު ޝަހީދު ކޮށްލާފައި ވެއެވެ.

Advertisement

Advertisement 1

ހަމައެހެންމެ ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރެއިޖް ކޭމްޕްގެ އިރުމަތީގައި ބޮމެއް ގޮއްވާލައި، އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވެ އެވެ.

އިސްރާއީލުގެ ފައިޓާ ޖެޓުތަކުން އަމާޒުކޮށްފައި ވަނީ ޣައްޒާ ސިޓީގެ އިރުދެކުނު ސަރަހައްދުގައި އޮންނަ އަލް ޒައިތޫން ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސަފާދު ސްކޫލަށެވެ. މިތަނުން 4 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ސިވިލް ޑިފެންސް ކްރޫއިން ހާމަކުރި ގޮތުގައި ސްކޫލް ދޫކޮށްލި މީހުން އެތަން ދޫކޮށްލީ އެސަރަހައްދަށް ވެރިވެގަނެގެން އުޅޭ ސިފައިން އަނެއްކާވެސް ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށާއި ފުރަތަމަ ބޮން ގޮއްވާލުމުން ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާގައި ފަލަސްތީނުގެ ޝަހީދުވި މީހުންގެ އަދަދު 40،738 އަށް އަރާފައިވާއިރު، އިތުރު 94،154 މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަމަ އެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫންގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ނުވަތަ ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް އަދިވެސް ނުނެގި އެބަހުއްޓެވެ.

ފަލަސްތީންޣައްޒާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

9 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

12 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34