އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މިއަދު ހިބްރޫންގެ އިބްރާހީމީ މިސްކިތް ބަންދުކޮށްފިއެވެ.
ހިބްރޫންގެ ހަބަރުތައް ބުނާ ގޮތުން މިސްކިތް ބަންދުކުރީ ޔަހޫދީންގެ ބަންދު ދުވަސްތަކުގެ ބަހަނާގައެވެ.
މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލީޖިއަސް އެފެއާޒުން ބުނީ މިސްކިތް ބަންދު ކުރަނީ ހާއްސަ ސަބަބަކަށްޓަކައެވެ.
އެންޑޯމެންޓްސް އިން ހާމަކުރި ގޮތުގައި އިސްރާއީލުން އަހަރަކު ވެސް މަދުވެގެން 10 ދުވަހު މި މިސްކިތް މުޅިން ބަންދު ކުރެއެވެ. ފަލަސްތީނުގެ މުސްލިމުންގެ އަޅުކަން ކުރުމުގެ ހައްގު އިސްރާއީލުން ނިގުޅައިގަންނަނީ އެމީހުންގެ ސަގާފީ ކަމެއްގެ ގޮތުގައެވެ.
މިދިޔަ ޖުލައި މަހު ޔަހޫދީން ވަނީ ހިބްރޫންގައި ހުންނަ އިބްރާހީމީ މިސްކިތުގައި 43 ފަހަރު ނަމާދަށް ވެސް ހުރަސް އަޅާފައެވެ.
އިސްރާއީލުގެ އިސްތިއުމާރީ ކަމާބެހޭ ފަރާތްތަކުން ޔަހޫދީންގެ ބަންދު ދުވަސްތައް މިސްކިތްތަކުގައި ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ހަނިކޮށް، އެމީހުންގެ ހަރަކާތްތައް ޕެރެލައިޒްކޮށް، ހަރަކާތްތެރިވުން ހުއްޓުވައި، އިގްތިސާދުގެ ހުއްޓުވައި ގެދޮރުތައް ތަޅައި ސުންނާފަތި ކުރަނީއެވެ.
ގުދުސްގެ އަލްއަގްސާ މިސްކިތާއި ހެބްރޫންގެ އިބްރާހީމީ މިސްކިތަށް ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން އަތްގަދަކުރާއިރު މުސްލިމުން ނިކަމެތިވާތަން ފެނެއެވެ.









