ފަލަސްޠީނު މުސްލިމުންގެ ދިފާޢުގައި ސަޢޫދީން ކުރަމުންދާ މަސައްކަތަށް ތަޢުރީފް ކުރައްވައި، މުޅި މައްސަލައަށް ޙައްލެއް ހޯދުމަށް ސަޢޫދީއާއިއެކު އިސްލާމީ އުންމަތް އެކުވެ މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި.
738 ދުވަސް ކުރިން - 07:32
ފަލަސްތީނުގެ އެންމެ މަޤްބޫލް ލީޑަރު ޔާސިރު އަރަފާތު ނިޔާވިތާ މާދަމާއަކީ 20 އަހަރު ފުރޭ ދުވަސް. ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އޭނާ ކުރި މަސައްކަތްތަކާއި ދެއްކި ނަމޫނާ އަކީ ފަލަސްޠީނު މީހުންގެ ހިތްވަރު.
739 ދުވަސް ކުރިން - 15:09
ޢަރަބި އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާއަށް ވަނީ ފުރާވަޑައިގެންފަ. މި ސަމިޓުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާއި ޚާއްޞަކޮށް ފަލަސްޠީނުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ.
740 ދުވަސް ކުރިން - 16:54
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި 184 ނޫސްވެރިންނާއި މީޑިއާ މުވައްޒަފުން ހިމެނޭއިރު އައިސީޖޭގެ އަމުރަށް އިސްރާއީލުން އަޅައެއްނުލާ.
740 ދުވަސް ކުރިން - 13:17
ޕީއެސްޖީ ސަޕޯޓަރުން ޗެމްޕިއަންސް ލީގު މެޗުގައި ރޭ ފަލަސްޠީނަށް ތާއީދުކޮށް ބެނާ އެއް ދަމައިފި. މިމައްސަލައިގައި ފުރާންސް ސަރުކާރުން އިންޒާރުދީ، ޔޫއެފާއިން ފިޔަވަޅު އަޅާނެކަމަށް ބެލެވޭއިރު ޕީއެސްޖީން ބުނީ މެނޭޖްމަންޓާއި އެކަމާއި ގުޅުމެއް ނެތޭ.
742 ދުވަސް ކުރިން - 17:49
އިސްރާއީލުން ޖަބަލިއާގެ ރެފިއުޖީން ތިބި ދެޢިމާރާތަކަށް ބޮން އަޅައި 84 މީހުން ޝަހީދު ކޮށްލައިފި. ޝަހީދުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު އެހީތެރިވުމަށް މަސައްކަތްކުރާ ރެސްކިއު ޓީމުތަކަށް އިސްރާއީލް ސިފައިން ދަނީ ހުރަސް އަޅަމުން.
747 ދުވަސް ކުރިން - 13:22
އދގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެއްކޮށް ހުއްޓިގެންދާނެ ކަމަށް.
749 ދުވަސް ކުރިން - 10:24
ބުލްޑޯޒަރުތަކުގައި ރޭ ފަލަސްޠީނު މުސްލިމުންނަށް ޙަމަލާދިން ވަގުތު މުޖާހިދުން ރައްދު ޙަމަލާދިނީ އެމީހުން އަމިއްލަޔަށް ތައްޔާރުކުރި ގޮވާތަކެތިން. ރޭ މަރާލި 4 އިޒްރޭލު ސިފައިންނާއެކު މިހާތަނަށް ޣައްޒާގައި 367 ޔަހޫދީ ސިފައިން މަރުވެއްޖެ.
750 ދުވަސް ކުރިން - 08:56
މިޤާނޫނުގެ ސަބަބުން އަންރުވާގެ ޙަރަކާތްތަކަށް އިޒްރޭލުން ހުރަސްއަޅައި އަންރުވާގެ މުވައްޒަފުންނާއި ތަކެއްޗަށް އިޒްރޭލާއި އެމީހުންގެ ބާރުގެ ދަށުގައި ތިބި ތަންތަނުގައި ޙިމާޔަތްދިނުން ނިމުމަކަށް އަންނާނެ.
751 ދުވަސް ކުރިން - 12:33
ޓެލެތޯނުން ލިބުނު ފައިސާ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އަންރުވާއަށް ފޮނުވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރި.
752 ދުވަސް ކުރިން - 10:58
ޔަހޫދީ ބާރުތަކުން ޣައްޒާގެ ކަމާލް އަދުވާނީ ހޮސްޕިޓަލަށް ވަދެ، ހޮސްޕިޓަލުގެ ޑިރެކްޓަރު ހިމެނޭ ގޮތަށް ޑޮކްޓަރުންނާއި މުވައްޒަފުންނާއި ބަލިމީހުން ހައްޔަރުކޮށް، އައިސީޔޫ ހަލާކުކޮށްލައި އެތަނުގައި ތިބި ދެކުދިން ޝަހީދުކޮށްލި.
753 ދުވަސް ކުރިން - 18:07
އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އާންމުންގެ 18 މީހުން ޝަހީދުކޮށްފި. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނޭއިރު، ހުކުރު ދުވަހުން ފެށިގެން އަމާޒުކޮށް 26 މީހުން ވަނީ ޝަހީދުކޮށްފަ.
759 ދުވަސް ކުރިން - 14:47