Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްޠީނަށްޓަކައި ދަނޑުމަތީގައި ބަސް ބުނެވޭނެކަން ޕީއެސްޖީ ސަޕޯޓަރުން ސާބިތުކޮށްދީފި

ފަލަސްޠީނަށްޓަކައި ދަނޑުމަތީގައި ބަސް ބުނެވޭނެކަން ޕީއެސްޖީ ސަޕޯޓަރުން ސާބިތުކޮށްދީފި

ހުސައިން އިސްމާއިލް
671 ދުވަސް ކުރިން - 7 ނޮވެންބަރު 2024 17:49
ރޭ ޕީއެސްޖީ ސަޕޯޓަރުން ދަމާފައިވާ ބެނާ -  2022 ވަނަ އަހަރުގައިވެސް ޕީއެސްޖީ ސަޕޯޓަރުން ވަނީ ސްޓޭޑިއަމްގައި މިފަދަ ޝުޢޫރުތައް ފާޅުކޮށްފައި.
ރޭ ޕީއެސްޖީ ސަޕޯޓަރުން ދަމާފައިވާ ބެނާ - 2022 ވަނަ އަހަރުގައިވެސް ޕީއެސްޖީ ސަޕޯޓަރުން ވަނީ ސްޓޭޑިއަމްގައި މިފަދަ ޝުޢޫރުތައް ފާޅުކޮށްފައި.
ޚުލާސާ

ޕީއެސްޖީ ސަޕޯޓަރުން ޗެމްޕިއަންސް ލީގު މެޗުގައި ރޭ ފަލަސްޠީނަށް ތާއީދުކޮށް ބެނާ އެއް ދަމައިފި. މިމައްސަލައިގައި ފުރާންސް ސަރުކާރުން އިންޒާރުދީ، ޔޫއެފާއިން ފިޔަވަޅު އަޅާނެކަމަށް ބެލެވޭއިރު ޕީއެސްޖީން ބުނީ މެނޭޖްމަންޓާއި އެކަމާއި ގުޅުމެއް ނެތޭ.

ރޭ ޕީއެސްޖީއާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ޕީއެސްޖީގެ ސަޕޯޓަރުން އެމީހުންގެ ހިތަތްކުގައި ފަލަސްޠީނަށް އޮތް ލޯބި ދައްލާލައިފިއެވެ.

"ފްރީ ފަލަސްޠީން" ޖަހާފައިވާ ބޮޑު ބެނާއެއް ޕީއެސްޖީ ސަޕޯޓަރުން ވަނީ ސްޓޭޑިއަމަށް ނެރެ މެޗު ބަލާ އެންމެނަށް ފެންނާނެހެން ހަރުކޮށްފައެވެ. މިބެނާގެ ތިރީގައި އިތުރު ބެނާއެއް ވެސް ހުއްޓެވެ. މެޗު ކުޅެމުން ދަނިކޮށް އިތުރު ބެނާއެއްވެސް ފެނުނެވެ. އެއް ބެނާގައި އެމީހުންގެ ބަހުން ލިޔެފައިވަނީ "ދަނޑުމަތީގައި ޞުލްޙަ އެކަމަކު ދުނިޔޭގައި ހަނގުރާމަ" ކަމަށެވެ. މީގެ އިތުރުން "އެހެންމީހުންގެ ފުރާނަޔަށްވުރެ ޣައްޒާގެ ކުޑަކުދިންގެ ފުރާނައިގައި އަގެއް ނެތީތަ" މިހެން ލިޔެފައި ހުއްޓެވެ.

ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމްގައި ދަމާފައިވާ މި ބެނާގެ މައްސަލަ ހުޅަނގުގެ ނުޒޫފު އޮންނަ ފުޓުބޯޅަ މައި އިދާރާގެ ސަމާލުކަމަށް އައިސް ޕީއެސްޖީއާއި ދެކޮޅަށް ފިޔަވަޅު އަޅައިފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުރާންސްގެ ސަރުކާރުންވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.

Advertisement

Advertisement 1

ޕީއެސްޖީ ސަޕޯޓަރުން އެމީހުންގެ ޝުޢޫރު ފާޅުކުރަން ދެމި މި ބެނާއާއި ގުޅިގެން ފަރަންސޭސި އިންޓީރިއަރ މިނިސްޓަރު ބްރޫނޯ ރެޓެއިލޯ ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ޕީއެސްޖީއާ މެދު ފިޔަވަޅު އެޅުމުގެ އިންޒާރު ދެއްވައި، ފުރާންސްގެ ސުޑް ރޭޑިއޯއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވި ކަމަށް ޚަބަރުތައް ބުނެއެވެ. "އަޅުގަނޑު އެއްވެސް ކަމެއް ބާކީ ނުކުރާނަން. ޕީއެސްޖީ އަތުން އަޅުގަނޑު ތަފްސީލު ހޯދާނަން" އިންޓީރިއާ މިނިސްޓަރާއި ޙަވާލާދީ ޔާހޫ ސްޕޯޓްސްގައި ވެއެވެ.

ނަމަވެސް ޕީއެސްޖީއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބެނާ ނެރުމުގެ ކުރިން ބެނާގެ އެއްވެސް މަޢުލޫމާތެއް އެ ޓީމަށް ލިބިފައިނުވާ ކަމަށާއި އެ ސްޓޭޑިއަމަކީ ފުޓުބޯޅައަށް ލޯބިކުރާ މީހުން އެއްވެ އުފާކުރާ ތަނެކެވެ. އަދި އެގޮތުގައި ދެމިއޮންނަންވާނެ ތަނެއް ކަމަށާއި، ސްޓޭޑިއަމްގައި ސިޔާސީ މެސެޖުތައް ދެއްކުމާއި ކުލަބުން ހަރުކަށި ގޮތެއްގައި ދެކޮޅުހަދާ ކަމަށެވެ.

ފީފާއިން އޮންނަނީ ސިޔާސީ ކަންކަމާއި ގުޅޭ ޝުޢޫރު ސްޓޭޑިއަމްތަކުގައި ފާޅު ނުކުރުމަށް އަންގާފައެވެ. މި ބަދަލު ގެނައީ އިސްރާއީލާއި ދެކޮޅަށް ބަސްބުނުން ހުއްޓުވުމުގެ މަޤްޞަދުގައެވެ. ކުރިން ޔުކްރޭނު ހަނގުރާމައިގެ މައްސަލައިގައި ޔުކްރޭނުގެ ދިދަތައްވެސް ދަނޑުމަތީގައި ވިހުރައެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގައި ރަޝިއާގެ ރައީސަށް ނަފްރަތު އުފެއްދުމުގެ ގޮތުން ދަމާފައިވާ ބެނާ - ޣައްޒާގެ ދިފާޢުގައި މިފަދަ ބެނާތައް ދަނޑަށް ވައްދަފާނެތީވެ ފީފާއިން ވަނީ މުސްލިމުންގެ ޝުޢޫރުތައް ހަނިކުރުމުގެ ގޮތުން މިފަދަ ކަންކަން މަނާކޮށްފައި

ދުނިޔޭގެ ފުޓުބޯޅަ ކޮންޓުރޯލް ކުރަނީ ޔަހޫދީންނެވެ. އެކަމުގެ އެންމެ ސާފު ހެއްކަކީ ޔުކްރޭނު މައްސަލައިގައި ރަޝިއާ ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ސަސްޕެންޑް ކޮށްފައިވާއިރު އިސްރާއީލުގެ ޔަހޫދީން ފާޅުގައި ޣައްޒާ މުސްލިމުން ކަތިލަމުންދާއިރުވެސް އިސްރާއީލަށް ދުނިޔޭގެ ހުރިހާ ކުޅިވަރުތަކުން ޖާގަ ލިބެއެވެ.

ޣައްޒާ ހަނގުރާމަ ފެށުމުން އެކަމާއި ދެކޮޅަށް ޝިޢާރުތައް ދަނޑުމަތީގައި މުސްލިމުން އުފުލަން ފެށުމުން ފީފާއިން ވަނީ އިސްރާއީލުގެ މަސްލަޙަތަށްޓަކައި އުޞޫލުތައް ބަދަލުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ މެޗުގައި ރޭ ޕީއެސްޖީ ސަޕޯޓަރުން ދަމާފައިވާ ބެނާ / ފޮޓޯ؟ އެކްސް

ޕީއެސްޖީ ސަޕޯޓަރުން ފުރާންސުގައި މި ބެނާ ދެމިއިރު ނޭޝަންސް ލީގުގައި ފުރާންސާއި އިސްރާއީލު ކުޅުމަށް ހަމަޖެހިފައިވާ މެޗެއް އަންނަ ހަފްތާގައި އެބައޮތެވެ. މި މެޗު ކުޅެނީ ފްރާންސްގެ ނެޝަނަލް ސްޓޭޑިއަމްގައެވެ.

ޕީއެސްޖީ ސަޕޯޓަރުން މިި ބެނާ ދެމިއިރު ފާހަގަވާ މުހިންމު ކަމަކީ ޔޫރަޕްގައި އެންމެ މުސްލިމުން ގިނަ ޤައުމަކީ ފުރާންސެވެ. އަދި ޔަހޫދީންވެސް ޔޫރަޕްގައި އެންމެ ގިނައީ ފުރާންސުގައެވެ. އެމެރިކާ އާއި އިސްރާއީލަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ތިންވަނަ ޔަހޫދީ އާބާދީ އޮންނަނީވެސް ފުރާންސުގައެވެ. 

ފަލަސްތީންފުޓްބޯޅަޕީއެސްޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

8 ދުވަސް ކުރިން - 12:09

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

9 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34