ފަލަސްޠީނާއި ސީރިއާގެ މައްސަލަތަކާބެހޭ ގޮތުން މާދަމާ ބާއްވަން ނިންމާފައި އޮތް ޢަރަބި ޤައުމުތަކުގެ ވަޒީރުންގެ ކުއްލި ބައްދަލުވުން ކެންސަލް ކޮށްފި.
712 ދުވަސް ކުރިން - 15:47
އޮސްޓްރޭލިއާ އާއެކު 156 ޤައުމަކުން ވޯޓު ދިނީ ފަލަސްޠީނުގައި ހިފާފައިވާ ސަރަޙައްދު ތަކުގައި އިސްރާއީލުން ވަޒަންވެރިވުމާއި ދެކޮޅަށް. އޮސްޓްރޭލިއާއިން ޢާންމުކޮށް މިފަދަ ކަންކަމުގައި އިސްރާއީލާއި ދެކޮޅަށް ވޯޓެއް ނުދޭ.
715 ދުވަސް ކުރިން - 12:50
ކައިރޯގައި ހިނގަމުންދިޔަ މަޝްވަރާތަކަށްފަހު އެއްބަސްވުމަށް ވަނީ ވާސިލްވެފައި ކަމަށާއި ހަނގުރާމަ ހުއްޓުމަށްފަހު ޣައްޒާގެ ވެރިކަން ކުރާނީ އެމެރިކާ އާއި އިސްރާއީލް ރުހޭ ޕަލަސްތީނު އޮތޯރިޓީ ރިފޯމް ކުރުމަށްފަހު އެފަރާތުން ކަމަށް ރިޕޯޓްތައް ބުނޭ.
716 ދުވަސް ކުރިން - 15:13
މިދިޔަ މަހު ޣައްޒާގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 12000 އަށްވުރެ ގިނަ މީހުން ޝަހީދުވެ 20000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއިރު ޙަމަލާތައް ދަނީ އިތުރަށް ވަރުގަދަވަމުން.
717 ދުވަސް ކުރިން - 12:37
ރައީސް ވިދާޅުވީ ހުރިހާ ބާރެއް ބޭނުން ކޮށްގެން ވެސް އިސްރާއީލް ޖަވާބުދާރީ ކުރުވަން މުޅި ދުނިޔެއިން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ދިވެހިރާއްޖެ އޮތީ ފަލަސްޠީނާއި އެކު ކަމަށް.
720 ދުވަސް ކުރިން - 11:12
ފަލަސްޠީނުގެ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ސަމާލުކަން ދޭ މައްސަލައެއް ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން އަޑުއުފުލަމުންދާނެ ކަމަށް ވަޒީރު ވިދާޅުވި.
724 ދުވަސް ކުރިން - 13:42
ހަނގުރާމަ ހުއްޓާލުމަށް އދ. ސަލާމަތީ މަޖިލީހުގައި 14 މެންބަރުން ގަރާރަށް ތާއީދުކުރުމުންވެސް އެމެރިކާގެ ވީޓޯއާއެކު ގަރާރު ބޭކާރުވެއްޖެ. މި ގަރާރަކީ ސަލާމަތީ މަޖިލީހުގެ އިންތިޚާބީ މެންބަރުންގެ ގޮތުގައި ހިމެނޭ 9 ޤައުމަކުން ހުށަހެޅި ގަރާރެއް.
728 ދުވަސް ކުރިން - 08:07
އިސްރާއީލް ސިފައިންގެ 9 މީހުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއާއި ދެކުނު ލެބަނަންގައި ޒަޚަމްވެއްޖެ. މީގެ ތެރެއިން 2 މީހުން ޒަޚަމްވީ ޣައްޒާގަ. އަދި 7 މީހުން ޒަޚަމްވީ ދެކުނު ލުބުނާނުގައި..
734 ދުވަސް ކުރިން - 23:52
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވެފަ.
734 ދުވަސް ކުރިން - 23:20
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސް މުޙައްމަދު މުޢިއްޒު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް ތަހުނިޔާ ފޮނުއްވައިފި
734 ދުވަސް ކުރިން - 13:44
ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރިޔާޟުގައި ބޭއްވުނު އެކުވެރި ޢަރަބި-އިސްލާމީ ސަމިޓުގައި ރައީސް ގޮވާލައްވައިފި.
737 ދުވަސް ކުރިން - 18:33
ފަލަސްޠީނުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިހުމާލު ފާހަގަކުރައްވައި، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށާއި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވަނީ ގޮވާލާފަ.
737 ދުވަސް ކުރިން - 17:27