
ހިމާލިޔާގެ ގާތްގަނޑަކަށް 5,200 މީޓަރު މަތިން ވެއްޓުނު 2000 ފޫޓު ފުޅާމިނުގެ މި ބޮޑު ގަނޑުފެންގަނޑު ވެއްޓުމުން އެރި ލޮޅުމުގެ ސަބަބުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ބިންހެލުން ބަލާ ސްޓޭޝަންތަކަށް 5.2 ގެ ބިންހެލުމެއްގެ އަސަރު ވަނީ ރެކޯޑު ކުރެވިފަ.
1 ދުވަސް ކުރިން - 13:11
ބުދަދުވަހު ހިނގި ބޮޑު ކާރިސާ އާއި ގުޅިގެން ބާރުގަދަ އޮޔާއި އެކު ދިޔަ ކުނިތަކާއި މަށީގެ ސަބަބުން ކޯރު ބެދި، ނޭޕާލާއި ޓިބެޓްގެ ބޯޑަރުގައި މިހާރު ވަނީ އިތުރު ފެންގަނޑެއް އުފެދިފަ. މި ފެންގަނޑު ހިފަހައްޓަން ހުރި ހުރަސް (ޑޭމް)ފަޅައިގެން ގޮސް އިތުރު ކާރިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ.
1 ދުވަސް ކުރިން - 12:49
ނޭޕާލް އާއި ޗައިނާ ގުޅޭ ބޯޑަރުގައި ފެންބޮޑުވެ 475 މީހުން މަރުވެ ގިނަ ބަޔަކު ގެއްލިފައިވަނިކޮށް، އިތުރު ކޯރެއްގައި ފެންގިނަވެ ބަންޑުންވެދާނެ ކަމުގެ އިންޒާރު ނޭޕާލުގެ އިދާރާތަކުން ދީފި.
1 ދުވަސް ކުރިން - 12:31
މި ކާރިސާގައި 1,300 އަށްވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ގެއްލުނު މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ 700 އެއްހާ ބޭރުގެ ފަތުރުވެރިން ވެސް ހިމެނޭ. ނޭޕާލްގެ ސިފައިންނާއި ރެސްކިއު ޓީމުތަކުން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.
2 ދުވަސް ކުރިން - 20:14
އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ހާލަތު ބެލިބެލުމުން، ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިކާރިސާގެ އެއްވެސް އަސަރެއް ކޮށްފައި ނުވާކަން ވަނީ ދެނެގަނެވިފަ.
2 ދުވަސް ކުރިން - 20:12
ހާދިސާ ހިނގަން މެދުވެރިވީ ފަރުބަދަމަތީގެ ސަރަހައްދެއްގައި އޮތް ސްނޯގެ ފަރުބަދައެއް ވެއްޓި، ކޯރު ބަންޑުންވެގެން. މިކަމުގެ ސަބަބުން ކޯރުގެ ކައިރީގައިވާ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، 400 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ.
2 ދުވަސް ކުރިން - 10:48
ނޭޕާލްގެ އައު ބޮޑުވަޒީރުގެ މަގާމަށް ހޮވި ވަޑައިނެވީ ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހު،ރައީސް މުއިއްޒު ބޮޑުވަޒީރަށް ތަހުނިޔާ ދަންނަވަމުން ވިދާޅުވީ،ނޭޕާލްގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމަށް
153 ދުވަސް ކުރިން - 17:48
އޮލީ ހައްޔަރުކުރަން ޖެހުނީ އެ މުޒާހަރާތަކުގައި އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމުރުތަކެއް އޭނާ ދެއްވި ކަމަށް ތުހުމަތު ކުރެވޭތީ.
154 ދުވަސް ކުރިން - 16:15
އުމުރުން 35 އަހަރުގެ ބަލެންދްރަ ޝާހަކީ ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާ
155 ދުވަސް ކުރިން - 15:10
ހަމަނުޖެހުންތަކާއި ގުޅިގެން މަރުވި މީހުންގެ ހަށިގަނޑުތައް އެމީހުންގެ ޢާއިލާއިން ބަލައިނުގަތުމުން ނޭޕާލްގެ ސަރުކާރުން ބުނީ މަރުވި 51 މީހުންނަކީ ޝަހީދުން ކަމަށާއި ޢާއިލާތަކަށް ބަދަލު ދޭނެ ކަމަށް.
348 ދުވަސް ކުރިން - 09:43
ނޭޕާލްގައި ހިންގި ހަމަނުޖެހުންތައް ތަޙްޤީޤު ކުރާނެ ކަމަށް އަލަށް ޙަވާލުވި ބޮޑުވަޒީރު ސުޝިލާ ވިދާޅުވެއްޖެ.
348 ދުވަސް ކުރިން - 09:28
މުޒާހަރާގެ ބައިވެރިން ބޭނުންވި ގޮތަށް އަންހެނަކަށް ވެރިކަންދީ، ޤާނޫނު ހަދާ މަޖިލިސް އުވައިލައި، އިންތިޤާލީ ސަރުކާރެއް އެކުލަވައިލައި 2026ގައި ޢާންމު އިންތިޚާބެއް ބާއްވާނެ ކަމަށް ނޭޕާލުން އިޢުލާންކޮށްފި.
350 ދުވަސް ކުރިން - 14:28
ފާއިތުވީ 10 އަހަރު ސިޔާސީ ތޫފާނުތަކުގެ ތެރޭގައި އޮތް ނޭޕާލްގެ ވެރިކަން ވެއްޓުމުގެ ފަހަތުގައި އޮތީ ސިޔާސީ ނުތަނަވަސްކަން.
352 ދުވަސް ކުރިން - 13:38