Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝަހީދުން ކަމަށް ނިންމައި ކޮންމެ ޢާއިލާއަކަށް 1 މިލިއަން ރުޕީ ދިނުމަށް ނޭޕާލުން ނިންމައިފި

ޝަހީދުން ކަމަށް ނިންމައި ކޮންމެ ޢާއިލާއަކަށް 1 މިލިއަން ރުޕީ ދިނުމަށް ނޭޕާލުން ނިންމައިފި

ޢަބްދުﷲ ޖުނައިދު
348 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 09:43
މުޒާހަރާތަކާއި ގުޅިގެން މަރުވި މީހެއްގެ ޢާއިލާއިން ރޮނީ. ނޭޕާލްގެ ޢާއިލާއަކުން ދަނީ މަރުވި މީހުންގެ ހަށިގަނޑުތަކާއި ޙަވާލުވުމަށް ދެކޮޅުހަދަމުން. / ނޭޕާލް
މުޒާހަރާތަކާއި ގުޅިގެން މަރުވި މީހެއްގެ ޢާއިލާއިން ރޮނީ. ނޭޕާލްގެ ޢާއިލާއަކުން ދަނީ މަރުވި މީހުންގެ ހަށިގަނޑުތަކާއި ޙަވާލުވުމަށް ދެކޮޅުހަދަމުން. / ނޭޕާލް
ޚުލާސާ

ހަމަނުޖެހުންތަކާއި ގުޅިގެން މަރުވި މީހުންގެ ހަށިގަނޑުތައް އެމީހުންގެ ޢާއިލާއިން ބަލައިނުގަތުމުން ނޭޕާލްގެ ސަރުކާރުން ބުނީ މަރުވި 51 މީހުންނަކީ ޝަހީދުން ކަމަށާއި ޢާއިލާތަކަށް ބަދަލު ދޭނެ ކަމަށް.

ނޭޕާލްގެ ވެރިކަމާއި ދެކޮޅަށް ހިންގި މުޒާހަރާ ތަކާއި ބޮޑެތި ހަމަނުޖެހުން ތަކުގައި މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ ޢާއިލާތަކުން ބަލައިގަންނަން ދެކޮޅު ހަދައިފިއެވެ. އެއާއި އެކު އެ އެންމެންނަކީ ޝަހީދުން ކަމަށާއި އެ ހުރިހާ އެންމެންގެ ޢާއިލާ ތަކަށް ސަރުކާރުން ބަދަލު ދޭނެ ކަމަށް ޗީފް ސެކްރެޓަރީ އެކްނަރަޔަން އާރިޔަލް ވިދާޅުވެއްޖެއެވެ.

"ޖެން ޒީ ޙަރަކާތުގައި މަރައިލި މީހުން ޝަހީދުވުމުގެ ގޮތުގައި ބަލައިގަނެ، އެކަމުގެ އަސަރު ކުރި ކޮންމެ ޢާއިލާއަކަށް މާލީ އެހީތެރިކަން ލިބޭނެ” ޗީފް ސެކްރެޓަރީ ވިދާޅުވިއެވެ.

ނޭޕާލް ސަރުކާރުން ބުނީ އަނިޔާ ލިބުނު މީހުންނަށް ހިލޭ ބޭސްފަރުވާ ދިނުމަށް ވެސް ހޮސްޕިޓަލްތަކަށް އަންގާފައިވާ ކަމަށެވެ.

Advertisement

Advertisement 1

މުޒާހަރާތަކާއި ގުޅިގެން މަރުވި މީހުންގެ އާއިލާގެ މެމްބަރުން ބުނީ އެމީހުންގެ ޑިމާންޑްތައް ފުއްދައި ނުދެވޭހާ ހިނދަކު ހަށިގަނޑުތައް ބަލައިނުގަންނާނެ ކަމަށެވެ.

މަރުވި އަދި ޒަޚަމްވި ބައެއް މީހުންގެ ގާތްތިމާގެ މީހުން، ހުކުރު ދުވަހު ބަލޫވަތާރުގައި ހުންނަ ބޮޑުވަޒީރު ސުޝިލާގެ ރަސްމީ ގެކޮޅުގެ ބޭރަށް އެއްވެ، އޭނާ އާއި ބައްދަލު ކުރަން ވެސް މަސައްކަތް ކުރި ކަމަށް ޚަބަރުތައް ބުނެއެވެ.

އެ ޑިމާންޑްތަކާއި ގުޅިގެން ނޭޕާލްގެ ސަރުކާރުން ބުނީ މަރުވި މީހުންގެ ޢާއިލާތަކަށް، ކޮންމެ ހަށިގަނޑަކަށް 1 މިލިއަން ރުޕީ (7000 ޑޮލަރު) ދޭނެ ކަމަށެވެ.

ސޯޝަލް މީޑިއާ ބްލޮކް ކުރުމަށް ނޭޕާލް ސަރުކާރުން ނިންމިނިންމުމާއި ގުޅިގެން ގިނަ ބަޔަކު އެއްވެ ކުރި މުޒާހަރާތަކުގައި 51 މީހަކު މަރުވި ކަމަށް އެ ޤައުމުން މީގެ ކުރިން އިޢުލާން ކުރިޔަސް، މިހާރު އެ ޢަދަދު ދަނީ މައްޗަށް އަރަމުންނެވެ. ސަބަބަކީ އަލިފާން ރޯކޮށްލި ތަންތަނުން އިތުރު ހަށިތައް ފެންނަމުންދާތީއެވެ. ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، ނޭޕާލްއާއި ބޯޑަރެއް ހިއްސާކުރާ އިންޑިއާ އާއި ޗައިނާއިން ވަނީ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަޤާމަށް ސުޝިލާ އައްޔަން ކުރެއްވުމުން ތައުރީފު ކޮށްފައެވެ.

ނޭޕާލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ނޭޕާލް ކާރިސާ: ވެއްޓުނު ގަނޑުފެންގަނޑުގެ ސަބަބުން 5.2 ގެ ބިންހެލުމަކާއި އެވަރުގެ ލޮޅުމެއް އުފެދުނު!

ވެއްޓުނު ގަނޑުފެންގަނޑުގެ ސަބަބުން 5.2 ގެ ބިންހެލުމަކާއި އެވަރުގެ ލޮޅުމެއް އުފެދުނު!

1 ދުވަސް ކުރިން - 13:11

ނޭޕާލްގެ ކާރިސާ: އިތުރު ބިރެއް ކުރިމަތިވެ ރެސްކިއު މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ނޭޕާލްގެ ކާރިސާ: އިތުރު ބިރެއް ކުރިމަތިވެ ރެސްކިއު މަސައްކަތްތައް މެދުކަނޑާލައިފި

1 ދުވަސް ކުރިން - 12:49

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

1 ދުވަސް ކުރިން - 12:31

ނޭޕާލްގެ ކާރިސާ: މަރުވި މީހުންގެ އަދަދު 350 އަށް އަރައިފި

ނޭޕާލްގެ ކާރިސާ: މަރުވި މީހުންގެ އަދަދު 350 އަށް އަރައިފި

2 ދުވަސް ކުރިން - 20:14

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

2 ދުވަސް ކުރިން - 20:12

ނޭޕާލުގައި ފެންބޮޑުވެ 160 މީހުން މަރުވެއްޖެ

ނޭޕާލުގައި ފެންބޮޑުވެ 160 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 10:48

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%