ނޭޕާލްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ބަލެންދްރަ ޝާހް ސަޕޯޓަރުންނާއި އެކު

ޤާނޫނުހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށް، ނޭޕާލުގެ މަޝްހޫރު ނޭޕާލްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ބަލެންދްރަ ޝާހް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައިކުރައްވައިފިއެވެ. ބޮޑުވަޒީރުބކަމުގެ މަޤާމަށް އޭނާ މި ވަޑައިގެންނެވީ މިދިޔަ އަހަރު ނޭޕާލުގައި ހިނގި ސިޔާސީ ބޮޑެތި ހަމަނުޖެހުން ތަކަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. 

އުމުރުން 35 އަހަރުގެ ބަލެންދްރަ ޝާހަކީ ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ. މީގެ ކުރިން އޭނާ ވަނީ ކަތަމަންޑޫގެ މޭޔަރުކަން ވެސް ކުރައްވާފައެވެ.

ޝާހު ވެރިކަމާއި ޙަވާލުވީ އޭނާ ވެސް އިސްކޮށް ހުރެ، ކޮރަޕްޝަނާއި ދެކޮޅަށް ނޭޕާލުގައި ހިންގި މުޒާހަރާތަކުގައި އެތައް ބަޔަކު މިދިޔަ އަހަރު މަރުވެ ޒަޚަމް ވުމަށް ފަހުގައެވެ.

އޭނާގެ ވެރިކަމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މުޒާހަރާއާއި ހަމަނުޖެހުންގަނޑު ތަޙުޤީޤުކުރި ކޮމިޝަނަކުން އެކުލަވައިލާފައިފާ ތަޙުޤީޤީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުރެއްވުމަށެވެ.