Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ފަރާތްޕުޅުން ނޭޕާލްގެ ބޮޑު އާ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސްގެ ފަރާތްޕުޅުން ނޭޕާލްގެ ބޮޑު އާ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ހައްވާ މިރުފާ
153 ދުވަސް ކުރިން - 29 މާޗް 2026 17:48
ނޭޕާލްގެ އާ ބޮޑުވަޒީރުގެ މަގާމަށް ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހު---ފޮޓޯ:ރައީސް އޮފީސް
ނޭޕާލްގެ އާ ބޮޑުވަޒީރުގެ މަގާމަށް ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހު---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ނޭޕާލްގެ އައު ބޮޑުވަޒީރުގެ މަގާމަށް ހޮވި ވަޑައިނެވީ ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހު،ރައީސް މުއިއްޒު ބޮޑުވަޒީރަށް ތަހުނިޔާ ދަންނަވަމުން ވިދާޅުވީ،ނޭޕާލްގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމަށް

ނޭޕާލްގެ އާ ބޮޑުވަޒީރުގެ މަގާމަށް ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައި ފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ތަހުނިޔާގެ ސިޓީފުޅުގައި، ނޭޕާލްގެ އާ ބޮޑުވަޒީރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ މި މަހުގެ ކުރީކޮޅު ނޭޕާލްގައި ބޭއްވުނު އާންމު އިންތިހާބުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެ އިންތިހާބަކީ އެ ގައުމުގެ ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު އިސްލާހީ ބަދަލުތަކަށް މަގުފަހިކުރުމަށް ގޮވާލައި ގެނެވުނު މުހިންމު ބަދަލެކެވެ. އަދި މިއީ ނޭޕާލްގެ ދިމިގުރާތީ ދަތުރުގައި އެ ގައުމުގެ ރައްޔިތުން އުންމީދުކުރާ ފަދަ ހަމަޖެހުމާއި ތަރައްގީގެ އާ ބާބެއްގެ ފެށުން ކަމުގައިވެސް ރައީސް ސިފަކުރެއްވި އެވެ.

Advertisement

Advertisement 1

ދިވެހިރާއްޖެ އާއި ނޭޕާލާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭޕާލަކީ ރާއްޖޭގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެކިއެކި ގޮންޖެހުންތައް ހައްލުކުރުމުގައި ދެ ގައުމުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުންތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެކުނު އޭޝިއާ އާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އެ ސިޓީފުޅު ނިންމަވާލަމުން ވިދާޅުވީ ނޭޕާލްގެ އައު ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ނޭޕާލްގެ ރައްޔިތުންނަށް އިތުރު ތަރައްގީ އާއި ކުރިއެރުމަށް އެދިވަޑައިންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނޭޕާލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

13 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

20 ގަޑިއިރު ކުރިން - 08:31

ނޭޕާލް ކާރިސާ: ވެއްޓުނު ގަނޑުފެންގަނޑުގެ ސަބަބުން 5.2 ގެ ބިންހެލުމަކާއި އެވަރުގެ ލޮޅުމެއް އުފެދުނު!

ވެއްޓުނު ގަނޑުފެންގަނޑުގެ ސަބަބުން 5.2 ގެ ބިންހެލުމަކާއި އެވަރުގެ ލޮޅުމެއް އުފެދުނު!

1 ދުވަސް ކުރިން - 13:11

ނޭޕާލްގެ ކާރިސާ: އިތުރު ބިރެއް ކުރިމަތިވެ ރެސްކިއު މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ނޭޕާލްގެ ކާރިސާ: އިތުރު ބިރެއް ކުރިމަތިވެ ރެސްކިއު މަސައްކަތްތައް މެދުކަނޑާލައިފި

1 ދުވަސް ކުރިން - 12:49

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

1 ދުވަސް ކުރިން - 12:31

ނޭޕާލްގެ ކާރިސާ: މަރުވި މީހުންގެ އަދަދު 350 އަށް އަރައިފި

ނޭޕާލްގެ ކާރިސާ: މަރުވި މީހުންގެ އަދަދު 350 އަށް އަރައިފި

2 ދުވަސް ކުރިން - 20:14