Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މުޒާހަރާގެ ހަމަނުޖެހުން ތަޙްޤީޤު ކުރާނަން: ނޭޕާލްގެ އައު ވެރިޔާ

މުޒާހަރާގެ ހަމަނުޖެހުން ތަޙްޤީޤު ކުރާނަން: ނޭޕާލްގެ އައު ވެރިޔާ

ޢަބްދުﷲ ޖުނައިދު
303 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 09:28
ނޭޕާލްގެ އައު ބޮޑުވަޒީރު ސުޝީލާ ކަރްކީ - މިއީ އެޤައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު.
ނޭޕާލްގެ އައު ބޮޑުވަޒީރު ސުޝީލާ ކަރްކީ - މިއީ އެޤައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު.
ޚުލާސާ

ނޭޕާލްގައި ހިންގި ހަމަނުޖެހުންތައް ތަޙްޤީޤު ކުރާނެ ކަމަށް އަލަށް ޙަވާލުވި ބޮޑުވަޒީރު ސުޝިލާ ވިދާޅުވެއްޖެ.

ނޭޕާލްގެ ޒުވާނުން އިސްކޮށް ތިބެ މުޒާހަރާކޮށް ތަންތަން ރޯކޮށްލި މައްސަލަ ތަޙްޤީޤު ކުރާނެ ކަމަށް އެ ޤައުމާއި އަލަށް ޙަވާލުވި ފުރަތަމަ އަންހެން ބޮޑުވަޒީރު ސުޝިލާ ކަރްކީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ އައްޔަން ކުރެއްވީ ހުކުރު ދުވަހުއެވެ. އެއީ “ޖެން ޒީ” މުޒާހަރާތަކުގެ ސަބަބުން ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Advertisement

Advertisement 1

ސުޝިލާ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ވަގުތީ ޢިމާރާތެއްގައެވެ. އެއީ މުޒާހަރާތަކުގެ ތެރޭގައި ކުރީގެ އިމާރާތުގައި އަލިފާން ރޯކޮށްލުމާއި ގުޅިގެންނެވެ.

"ޖެން ޒީ" ގެ މުޒާހަރާތަކުގައި މަޖިލީހުގެ ޢިމާރާތާއި، ސުޕްރީމް ކޯޓާއި، ބޮޑުވަޒީރުގެ އޮފީހާއި، ވިޔަފާރި ކުރާ ބޮޑެތި ޢިމާރާތްތަކުން ފެށިގެން، ޢާންމުންގެ މުދަލަށް އަމާޒުކޮށްގެން ހިންގި ޢަމަލުތައް އޭނާގެ ސަރުކާރުން ތަޙްޤީޤު ކުރާނެ ކަމަށް ވެސް ސުޝިލާ ވިދާޅުވިއެވެ.

ދިހައަހަރުގެ ދާޚިލީ ހަނގުރާމަ 2006 ގައި ނިމުމަށްފަހު ނޭޕާލަށް މިހާރު ކުރިމަތިވެފައި މި ވަނީ ވަރަށް ބޮޑު ސިޔާސީ ކާރިޘާ އެކެވެ. އެތައް މިލިއަން ރައްޔިތުން ނުކުމެ ސަރުކާރުގެ ޢިމާރާތްތަކުގައި އަލިފާން ރޯކޮށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 51 މީހަކު މަރުވި ކަމަށް އެ ޤައުމުން މީގެ ކުރިން އިޢުލާން ކުރިޔަސް، މިހާރު އެ ޢަދަދު ދަނީ މައްޗަށް އަރަމުންނެވެ. ސަބަބަކީ އަލިފާން ރޯކޮށްލި ތަންތަނުން އިތުރު ހަށިތައް ފެންނަމުންދާތީއެވެ.

ނޭޕާލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސްގެ ފަރާތްޕުޅުން ނޭޕާލްގެ ބޮޑު އާ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސްގެ ފަރާތްޕުޅުން ނޭޕާލްގެ ބޮޑު ވަޒީރަށް ތަހުނިޔާ

108 ދުވަސް ކުރިން - 17:48

ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު އޮލީ ހައްޔަރުކޮށްފި

ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު އޮލީ ހައްޔަރުކޮށްފި

109 ދުވަސް ކުރިން - 16:15

ރެޕް ލަވަކިޔުންތެރިޔާ ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ ހުވައި ކުރައްވައިފި

ރެޕް ލަވަކިޔުންތެރިޔާ ނޭޕާލްގެ ބޮޑުވަޒީރުގެ ހުވައި ކުރައްވައިފި

110 ދުވަސް ކުރިން - 15:10

ޝަހީދުން ކަމަށް ނިންމައި ކޮންމެ ޢާއިލާއަކަށް 1 މިލިއަން ރުޕީ ދިނުމަށް ނޭޕާލުން ނިންމައިފި

އެއީ ޝަހީދުން! ކޮންމެ ޢާއިލާއަކަށް އެއްމިލިއަން: ނޭޕާލް

303 ދުވަސް ކުރިން - 09:43

ނޭޕާލްގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައި، އިންތިޤާލީ ސަރުކާރެއް އެކުލަވައިލައިފި

ނޭޕާލްގެ އިންތިޤާލީ ސަރުކާރެއް އެކުލަވައިލައިފި

305 ދުވަސް ކުރިން - 14:28

ނޭޕާލްގެ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ކޮން ކަމެއް؟

ނޭޕާލްގެ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ކޮން ކަމެއް؟

307 ދުވަސް ކުރިން - 13:38