މާލެއަށް ހުއްޓާނުލައި ވެހުނު ބޯ ވާރޭގައި މުޅި މާލޭގައި ފެންބޮޑުވެ، ހިފައިގެންގުޅޭ ސާމާނާއި އުޅަނދުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި.
606 ދުވަސް ކުރިން - 13:50
މި އަލިފާނުގެ ހާދިސާ ހިނގީ ރޭ 11:30 ހާއިރު. ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާމަނުން ނިއްވާލީ ރޭ 12 ޖެހި ފަހުން.
608 ދުވަސް ކުރިން - 12:22
އެންޑީއެމްއޭ ބުނީ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރާގައި ގޭގެއަށް ލިބުނު ގެއްލުންތައް ބެލުމަށް ޑެމޭޖް އެސެސްމަންޓް ހަދައި ނިމިފައިވާ ކަމަށް.
608 ދުވަސް ކުރިން - 17:00
ކާރިޘާތަކަށް ދުރާލާ އިންޒާރުދޭ ނިޒާމްތައް ހަރުދަނާކުރުމާއި ކުރިއެރުވުން ހިމެނޭގޮތަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް 7 އަހަރަށް އަމާޒުކޮށްގެން "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" އެކުލަވާލައިފި..
610 ދުވަސް ކުރިން - 08:18
މި ކާރިޘާ ގައި ހުއްޓާނުލައި ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަރަށް ފުރިހަމަ.
611 ދުވަސް ކުރިން - 02:30
އެންޑީއެމްއޭ އިން ނެރުނު ބަޔާނެެއްގައި ބުނީ، ވިއްސާރަވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން ދުރާލައި މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށް.
615 ދުވަސް ކުރިން - 14:23
މިހާރު ވަގުތީހިޔާގައި ތިބި 22 މީހުންނަށް އިތުރު 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަމަށް އެންޑީއެމްއޭ ހާމަކުރި.
626 ދުވަސް ކުރިން - 17:42
އެންޑީއެމްއޭ އިން ބުނީ ނ. ހެނބަދޫގެ އިތުރުން ކުރެންދު އާއި ކެނދިކުޅުދުއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެގެން ގެތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް.
629 ދުވަސް ކުރިން - 14:19
އަލިފާނުގެ ހާދިސާއާ ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދި ގުޅާފައިވީ ނަމަވެސް، ގިނަ ފަރާތްތަކެއް ވަނީ ޢާއިލާގެ އެހެން ގެތަކަށް ވަގުތީގޮތުން ބަދަލުކޮށްފައި ކަމަށް އެންޑީއެމްއޭއިން ހާމަކުރި.
633 ދުވަސް ކުރިން - 19:21
މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު 10 ރަށުން 110 ގެއަށް އެކި މިންވަރުގެ ގެއްލުން ލިބުނު.
644 ދުވަސް ކުރިން - 11:27
އެންޑީއެމްއޭއިން ބުނީ ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ޙާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް.
656 ދުވަސް ކުރިން - 15:06
އެންޑީއެމްއޭއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި. އަދި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީން ކުރުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދުދީފައި.
657 ދުވަސް ކުރިން - 14:29