ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި ރަށު ތެރޭގައި އެއްކޮށް ފެން ބޮޑުވެ 70 ގެއަކަށް ފެން ވަދެ ގެއްލުން ލިބިއްޖެ. އެންޑީއެމްއޭއިން ބުނާ ގޮތުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދޭ.
657 ދުވަސް ކުރިން - 21:12
ފުލުހުން ބުނީ މި ވޯކްޝޮޕްގައި އިންޓަރނޭޝަނަލް އިންޓެގްރޭޓެޑް އިމަޖެންސީ މެނޭޖްމަންޓް (އައިއީއެމް) ގެ އުސޫލުތަކާއި ޔޫކޭ ނެޝަނަލް ޑިސިޝަން މޮޑެލް (އެންޑީއެމް) އާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް.
678 ދުވަސް ކުރިން - 15:52
ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން ބުނީ އިއްޔެ އަލިފާނުގެ ޙާދިސާ ހިނގި ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން މިއަދު ފަށާފައިވާ ކަމަށް. ނަމަވެސް އެ މަސައްކަތް ނިންމޭނެ ވަކި ތާރީޚެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވޭ.
726 ދުވަސް ކުރިން - 17:01
އެންޑީއެމްއޭއިން ބުނީ ރޯވި ގެއާއި ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށާއި މި ޙާދިސާގައި އަސަރު ކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ޚަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށް.
727 ދުވަސް ކުރިން - 14:04
މިއަދު މާލޭ ސޯސަން މަގުގައި ހުންނަ "ގާމަގު ކެފޭ" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހުން ހާލުގައި ޖެހިއްޖެ. މީގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން. ދުމުގެ އަސަރުކޮށްގެން ދެ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.
727 ދުވަސް ކުރިން - 22:50