Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއީ ވިއްސާރާގައި މާލެއަށް އެންމެ ގެެއްލުން ބޮޑުވި ފަހަރު: އެންޑީއެމްއޭ

މިއީ ވިއްސާރާގައި މާލެއަށް އެންމެ ގެެއްލުން ބޮޑުވި ފަހަރު: އެންޑީއެމްއޭ

އަހްމަދު އީޒާން
606 ދުވަސް ކުރިން - 9 ޖެނުއަރީ 2025 13:50
މާލެއަށް ވިއްސާރަ ކުރި ދުވަހެއްގައި މަގެއްގައި ފެންބޮޑުވެފައި. / ފޮޓޯ: ޚުލާސާ
މާލެއަށް ވިއްސާރަ ކުރި ދުވަހެއްގައި މަގެއްގައި ފެންބޮޑުވެފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލެއަށް ހުއްޓާނުލައި ވެހުނު ބޯ ވާރޭގައި މުޅި މާލޭގައި ފެންބޮޑުވެ، ހިފައިގެންގުޅޭ ސާމާނާއި އުޅަނދުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި.

މާލެއަށް މިދިޔަ ހުކުރު ދުވަހު ކުރި ގަދަ ވިއްސާރާގައި ގެތަކަށް ވެފައިވާ ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި މިއީ މިހާތަނަށް ވިއްސާރާގައި މާލެއަށް ގެއްލުން އެންމެ ބޮޑުވި ފަހަރު ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމަށް ފަހު އެންޑީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މާލެއިން 145 ގެއަކަށް ގެއްލުންވި ކަމަށެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ވަނީ ހަދާފައެވެ.

އެކަމަކު 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާތީ އެ ގެތަކުގެ އެސެސްމަންޓެއް ނުހަދައެވެ. ވެރިފަރާތަށް ނުގުޅިގެންނާއި ގެއަށް ނުވަދެވިގެން އަދި އިތުރު ސަބަބުތަކާ ހުރެ 17 ތަނެއްގެ އެސެސްމަންޓް ނުހެދޭ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

Advertisement

Advertisement 1

މާލެއަށް ހުއްޓާނުލައި ވެހުނު ބޯ ވާރޭގައި މުޅި މާލޭގައި ފެންބޮޑުވެ، ހިފައިގެންގުޅޭ ސާމާނާއި އުޅަނދުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވިއެވެ.

ފެންބޮޑުވުމުގެ ޙާދިސާގައި ދެ މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ލިބުނުއިރު އޭގެ ތެރޭގައި ވިޔަފާރިކުރާ ތަންތަނާއި ގުދަން ފަދަ ތަންތަނަށް ލިބުނު ގެއްލުން ނުހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

"މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން އަދި އެންމެ ބޮޑު ގެއްލުމެއްވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރު." އެންޑީއެމްއޭގެ ބަޔާނުގައި ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،000ރ. ޚަރަދުވި ކަމަށެވެ. ރިލީފްގެ ގޮތުގައި، ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް 200،000ރ. ގެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

10 ދުވަސް ކުރިން - 11:04

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ

14 ދުވަސް ކުރިން - 09:27

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

27 ދުވަސް ކުރިން - 08:47

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

38 ދުވަސް ކުރިން - 09:58

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

65 ދުވަސް ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

94 ދުވަސް ކުރިން - 12:25