
އޭގެ ތެރެއިން އެންމެ ގިނައީ މާލެ ސަރަހައްދުގައި ހިނގި 26 ހާދިސާ. މީގެއިތުރުން ސަދަން އޭރިއާގައި 2 އަދި ނޮދަން އޭރިއާގައި 1 ހާދިސާ ހިނގި. މި ހާދިސާތަކުގެ ތެރޭގައި އަލިފާނުގެ 12 ހާދިސާއާއި، ނުރައްކާތެރި މާއްދާތަކާ ގުޅޭ 11 ހާދިސާ ހިމެނޭ.
3 ދުވަސް ކުރިން - 13:15
މި ކުލާހުގައި ލިޓްލް މެއިޑްގެ 26 ދަރިވަރުން ބައިވެރިވެފައިވޭ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ މާލެއާއި އަތޮޅުތަކުގެ ތަފާތު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށް ގެންދަމުން.
18 ދުވަސް ކުރިން - 15:51
މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ޑްރޯނާއި މަނަވަރުގެ އިތުރުން އެމެރިކާ ނޭވީގެ މަތިންދާބޯޓެއް ވަނީ ބޭނުންކޮށްފަ. ނަމަވެސް، 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ދޯނި އަޑިއަށް ގޮސްފައިވާތީ، 11 ދުވަސް ވެފައިވާ މި ހާދިސާގައި ގެއްލުނު މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ވަނީ ބެލެވިފަ.
23 ދުވަސް ކުރިން - 10:07
މި ހާދިސާގައި ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރު 12:25 ހާއިރު.
24 ދުވަސް ކުރިން - 13:21
އެމްއެންޑީއެފުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އެހީތެރިވުމުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެގެން ވަނީ ފަރުވާދީފަ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން.
24 ދުވަސް ކުރިން - 10:23
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފަޔަރ ފައިޓަރުން ވަގުތުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކުރިއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައެއްނުވޭ. އަލިފާން ރޯވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.
24 ދުވަސް ކުރިން - 21:41

މިހާދިސާ ހިނގާފައިވަނީ ހެންވޭރު ފަހިވާގޭގެ ހަތްވަނަ ފަންގިފިލާގަ. މިހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ނިއްވުމުގެ މަސައްކަތް ފަށާފަ.
24 ދުވަސް ކުރިން - 21:13
މިހާތަނަށް ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1،370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ. މި ހާދިސާ ހިނގާފައިވަނީ ޖުމްލަ 8 މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން "ފްރެންޑް 4" ދޯނި ދަތުރުކުރަމުން ދަނިކޮށް.
31 ދުވަސް ކުރިން - 23:26
މި ހާދިސާ ހިނގާފައިވަނީ ޖުމްލަ 8 މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން އެ އުޅަނދު ދަތުރުކުރަމުން ދަނިކޮށް. ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 7 މީހަކު މިހާތަނަށް ވަނީ ސަލާމަތްކުރެވިފަ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުން.
34 ދުވަސް ކުރިން - 08:24
އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ބޭނުންކޮށްގެން ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ. ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުން ވަނީ ކަނޑުގެ އަޑިން 675,120 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފަ.
36 ދުވަސް ކުރިން - 09:14
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއެންޑީއެފް ފްލީޓަށް މަނަވަރު ރަސްމީކޮށް ނެރެދެއްވައި ދިވެހިރާއްޖޭގެ ގައުމީ ދިދަ ހަވާލުކުރައްވާފަ. މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ހަދިޔާކުރި އުޅަނދެއް.
43 ދުވަސް ކުރިން - 07:15
މި ސެންޓަރަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ހާދިސާތަކުގައި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ވިލަރެސްކުރާ ގައުމީ މަރުކަޒު. އިމާރާތުގައި ކަނޑާއި ވައިގެ ހާދިސާތައް ވިލަރެސްކުރާނެ ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނުތަކަށް ބޭނުންވާނެ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނޭ.
44 ދުވަސް ކުރިން - 13:35
މި ދެ ބެޗުން ޖުމްލަ 255 ދަރިވަރުން ވަނީ ހުވާކޮށްފައިވާއިރު، އެއީ 72 ވަނަ އަސާސީ ތަމްރީން ކޯހުގެ 138 ދަރިވަރުންނާއި، 73 ވަނަ އަސާސީ ތަމްރީން ކޯހުގެ 117 ދަރިވަރުންނެންކަން ފާހަގަކޮށްލެވޭ.
55 ދުވަސް ކުރިން - 20:18